ދިވެހިރާއްޖެ
ކައުންސިލް އައު ޢިމާރާތް ޢިމާރާތްކުރުމުގެ މަސައްކަތް
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯރކްސްގެ ފަރާތުން ހިންގާ 55 ކައުންސިލް އިދާރާ ޢިމާރާތް ކުރާ ޕްރޮޖެކްޓްގެ ތެރެއިން ހިރިލަންދޫ ކައުންސިލް އިދާރާ ޢިމާރާތްކުރުމުގެ މަސައްކަތް ކުރާނޭ ސަބްކޮންޓްރެކްޓަރެއް ހޯދަން ބޭނުން ވެއްޖެއެވެ. މި މަސައްކަތާބެހޭ މަޢުލޫމާތު މި އިޢުލާނާއިއެކު ގެޒެޓްގައި އާންމުކުރެވިފައި ވާނެއެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 މެއި 18 ވަނަ ދުވަހުން ފެށިގެން 2025 މެއި 26 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ބީލަން ރަޖިސްޓަރީ ކުރާ ފޯމު މި އިދާރާއަށް ހުށަހަޅައި ބީލަން ރަޖިސްޓަރީކުރެއްވުން އެދެމެވެ. މި އިދާރާގެ އީމެއިލް [email protected] އަށް އީމެއިލް ކޮށްގެންވެސް ބީލަން ރަޖިސްޓަރީ ކުރެވޭނެއެވެ. ރަސްމީގަޑީގައި މި އިދާރާއިން ފޯމު ލިބިވަޑައިގަންނަވާނެއެވެ. ބީލަންފޮތް ވިއްކާ އަގަކީ -/100ރ (ސަތޭކަ ރުފިޔާ) އެވެ. ބީލަން ބަލައިގަތުމާއި، ޕްރީ ބިޑް މީޓިންގ އަދި ބިޑް ހުޅުވުން އޮންނާނީ ތިރީގައިވާ ތަވާލްގައިވާ ގޮތުގެމަތިން އެ ދުވަސްތަކާއި ގަޑިތަކުގައެވެ.
ބީލަން ވިއްކުން |
2025 މެއި 26 ވާ ހޯމަދުވަހުގެ 14:00 ގެ ނިޔަލަށް |
ޕްރީބިޑް މީޓިން |
2025 މެއި 27 ވަނަ ދުވަހު 10:30 ގައި ހިރިލަންދޫ ކައުންސިލް އިދާރާގައި |
ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން |
2025 ޖޫން 04 ވާ ބުދަ ދުވަހު 13:00 ގައި ހިރިލަންދޫ ކައުންސިލް އިދާރާގައި |
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
17 ޛުލްޤައިދާ 1446
15 މެއި 2025