ދިވެހިރާއްޖެ
ގަވާއިދު ނަންބަރު: 2016/R-69 (ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ކުރެވުނު ނަންބަރު: (IUL)88-PS/88/2024/37 (30 މޭ 2024) އިޢުލާނަށް ފަސްވަނަ އިސްލާޙު ގެނައީމެވެ.
ފަސްވަނަ އިސްލާޙު:
އިސްވެ ދެންނެވުނު އިޢުލާން އަދި އެ އިޢުލާނަށް ގެނެވުނު އިސްލާޙުތަކުގެ ދަށުން ޝާއިއުކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ތިލަދުންމަތީ އުތުރުބުރި (ހއ)، ތިލަދުންމަތީ ދެކުނުބުރި (ހދ)، މިލަދުންމަޑުލު އުތުރުބުރި (ށ)، ކޮޅުމަޑުލު (ތ) އަދި ހައްދުންމަތި (ލ) އަތޮޅަށް ޚާއްޞަ ލުއިތަކެއް ތަޢާރަފުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެހެންކަމުން، އިސްވެ ދެންނެވުނު އަތޮޅުތަކުން އިޢުލާން ކުރެވިފައިވާ ރަށްރަށަށް ޕްރޮޕޯސަލް ބަލައިގަތުން ވަގުތީގޮތުން މަޑުޖައްސާލެވިފައި ވާކަން އިޢުލާންކުރީމެވެ. އަދި ޕްރޮޕޯސަލް އަލުން ބަލައިގަންނަން ފެށުމުން އެކަން އިޢުލާންކުރާނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.
-----------------------