ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ސްކައުޓް ޖަމިއްޔާގެ ސްކައުޓް ޝޮޕުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ގާބިލު ސޭލްސް އެސޯސިއޭޓެއް ހޯދުމަށް އާންމުކޮށް އިޢުލާނުކުރަމެވެ.
ބޭނުންވާ އަދަދު |
1 |
މަގާމުގެ މުއްދަތު |
ދާއިމީ |
ވަޒީފާ އަދާކުރަންޖެހޭ ތަން |
ސްކައުޓް ޝޮޕް، ދިވެހިރާއްޖޭގެ ސްކައުޓް ޖަމިއްޔާ |
މުސާރަ އާއި އެލަވަންސް |
އަސާސީ މުސާރަ: 5000 ސަރވިސް އެލަވަންސް: 3000 |
އެހެނިހެން އިނާޔަތްތައް |
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. |
މައިގަނޑު މަސްއޫލިއްޔަތާއި ޒިންމާ |
|
މަގާމުގެ ޝަރުތު |
(ހ) މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ފާސް ލިބިފައިވުމާއެކު މަތީ ސާނަވީ ދިވެހި، އަދި އިގިރޭސިން ފާސްވެފައިވުން، ނުވަތަ
(ށ) ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 4 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާ އެކު، ސާނަވީ ދިވެހި، އަދި އިގިރޭސިން ފާސްވެފައިވުން، ނުވަތަ
(ނ) ވޮކޭޝަނަލް ޓްރެއިނިންގ އެއް ފުރިހަމަކޮށްފައިވުމާ އެކު ގުޅުންހުރި ދާއިރާއަކުން 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން |
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 މެއި 2025 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، މި އެސޯސިއޭޝަނުގެ އީމެއިލް[email protected] އެޑްރެހަށެވެ. އީމެއިލްކުރައްވާ ޑޮކިއުމަންޓްތައް ފޮނުވަންވާނީ ޕީ.ޑީ.އެފް (pdf) ފޯމެޓުގައި އެކަނި ކަމުގައި ދަންނަވަމެވެ.
އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް |
|
ޝޯޓްލިސްޓް ކުރުން |
މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގާބިލު ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިންޓަރވިއު |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2025 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި، މާލޭގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. |
އިތުރު މައުލޫމާތު |
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ކަމަށް މި އިއުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ، އެ ފަރާތެއްގެ ހުށަހެޅުން ބަލައިނުގަނެވޭނެއެވެ. ޝޯޓް ލިސްޓްކުރެވޭނީ ހުށަހަޅާ ލިޔުންތަކުގެ މައްޗަށް ބިނާކޮށެވެ. މަގާމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ، އީމެއިލް ކުރައްވާނީ [email protected] އަށެވެ. |