މުޙައްމަދު ޤާސިމް ޕްރީސްކޫލް
ދިވެހިރާއްޖެ
ސްކޫލު ސްޓާރފް ރޫމް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ދެވަނަ ފަހަރަށް އިޢުލާންކުރުން

މި ސްކޫލުން ކުރި ނަންބަރު:IULMQS/MQS/2025/20 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށަހަޅާފައިނުވާތީ، އަލުން އިޢުލާންކުރަމެވެ. 

  1. މި ސްކޫލުން ގެ ސްޓާރފް ރޫމްގެ މަރާމާތު މަސައްކަތް ކުރުމަށް ބޭނުންވާތީ، މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. އަދި މަސައްކަތުގެ ތަފްސީލް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ. 
  2. މި ބިޑުގައި ރަޖިސްޓްރީ ކުރުމަށް 2025 މެއި 21 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އިޢުލާނުގައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވިމެވެ. ބިޑް ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  3. މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 މެއި 21 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

ތަފްސީލް

ތާރީޚް

ގަޑި

ޕްރީ ބިޑް މީޓިންގ

22 މެއި 2025 (ބުރާސްފަތި)

10:00

އަންދާސީ ހިސާބު ހުށަހެޅުން

26 މެއި 2025 (ހޯމަ)

10:00

ޕްރީ ބިޑް މީޓިން އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި ސްކޫލުގެ މީޓިންގ ރޫމުގައި އެވެ.

 

 

 

4. ބިޑް ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކޮށް ޕްރީ ބިޑްމީޓިންގައި ބައިވެރިވާ ފަރާތްތަކަށެވެ.

5. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، މައުލޫމާތުތައް ފުރިހަމަނުވާ އަންދާސީ ހިސާބުތައްވެސް ބަލައި ނުގަނެވޭނެއެވެ.

6. ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތަކީ ވެރި ފަރާތްކަމުގައި ވުން އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ ސިޓީއެއް ހުށަހެން. 

7. އިއުލާނާއި އެކު މިމަސައްކަތުގެ ބީލަންފޮތް (ޖަދުވަލްތަކާއެކު) އެއްކަރުދާސް ކުރެވިފައިވާނެއެވެ.

8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މުޙައްމަދު ޤާސިމް ޕްރީސްކޫލް

ފޯން:  3354903

އީ-މެއިލް: [email protected]

ޕްރޮޕޯސަލް ރެޖިސްޓްރޭޝަން ފޯރމް ލިންކް : https://forms.gle/2uYYbZGBPdanYv9J9

 

 

15 މޭ 2025
ހޯދާ