ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ހުޅުމާލޭގެ ފޭސް 1 ލޮޓް ނަންބަރު 11489 ގައި އިމާރާތް ކުރެވިފައިވާ
ޕްރީ ސްކޫލް،މެނޭޖްމަންޓް ކޮންޓްރެކްޓްގެ ދަށުން ހިންގާ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން:
1. ހުޅުމާލޭގެ ފޭސް 1 ލޮޓް ނަންބަރު 11489 ގައި އިމާރާތް ކުރެވިފައިވާ ޕްރީ ސްކޫލް، މެނޭޖްމަންޓް ކޮންޓްރެކްޓްގެ ދަށުން ހިންގާ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2025 މޭ 15 ން 2025 މޭ 22 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑު ރަޖިސްޓްރީ ފޯމް" ފުރިހަމަކުރުމަށްފަހު، 500/-ރ. (ފައްސަތޭކަ) ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކޮށް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ފައިސާ ދައްކާފައިވާ ފަރާތްތަކަށެވެ.
"ބިޑު ރަޖިސްޓްރީ ފޯމް" ގެ ލިންކު:forms.moe.gov.mv
3. ރަޖިސްޓްރޭޝަން ފީ ބަލައިގަންނާނީ 2025 މޭ 15 ން 2025 މޭ 26 ގެ 14:00 ގެ ނިޔަލަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. ފައިސާ ދެއްކުމުގައި ޢަމަލުކުރަންވީ ގޮތް މި އިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
4. މި ބީލަމާ ގުޅޭގޮތުން ބާއްވާ ސައިޓް ވިޒިޓް އޮންނާނީ 2025 މޭ 24ވާ ހޮނިހިރު ދުވަހުގެ 10:00 ގައި ލިޓްލް ޖެމްސް ޕްރީސްކޫލް / ހުޅުމާލޭގައެވެ.
5. މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 މޭ 26 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 9 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
6. މި ބީލަމުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި -/25,000ރ. (ފަންސަވީސްހާސް) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
7. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޖޫން 12 ވަނަ ދުވަހުގެ 11:00 ގައިމިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 09 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް 3 ގައެވެ.
8. މި ބީލަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.moe.gov.mv އިން 2025 މޭ 15 ވަނަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
9. މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ވެލާނާގެ، 9 ވަނަ ފަންގިފިލާ
އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3041242, 3041244
އީ-މެއިލް: [email protected]