ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕްރޮޖެކްޓް މެނޭޖަރ

މަޤާމު:

ޕްރޮޖެކްޓް މެނޭޖަރ

ބޭނުންވާ އަދަދު 1

އޮފީސް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވރސިޓީ

ބާވަތާއި މުއްދަތު:

04 މަސްދުވަސް (ކޮންޓްރެކްޓް މަޤާމެއްގެ ގޮތުގައި)

މަސައްކަތް ކުރަންޖެހޭ ވަގުތު:

  • ބަންދު ނޫން ކޮންމެ ދުވަހެއްގައި 4 ގަޑިއިރު (ހެނދުނު 8:00 އިން މެންދުރުފަހު 15:00 އާ ދެމެދު)
  •  ބައެއް ދުވަސްތަކުގައި އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިދާނެއެވެ.

މުސާރަ:

-/140 ރުފިޔާ ( މަސައްކަތް ކުރާ ކޮންމެ ގަޑިއެއްގެ އިރަށް)

މަޤާމުގެ ޝަރުޠު:

  • މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއިން ލެވެލް 7 ގެ ބެޗްލަރ ޑިގްރީއަކަށްފަހު ދަސްކުރި ތިއަރީތަކާއި އުސޫލުތައް ހަރުދަނާކޮށް ބޭނުންކުރަން އެނގުމަށް ނުވަތަ އިތުރަށް ދެތުމަށް މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ، ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޔުނިވަރސިޓީގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ނިންމުމަށް މަސައްކަތްތައް ރާވައި، ސްޕަވައިޒްކޮށް ކުރިއަށްގެންދިޔުން.
  • ޕްރޮޖެކްޓަކުގެ މަސައްކަތްތައް ހިނގަމުންދާގޮތް މޮނިޓަރކޮށް، ރަނގަޅުކުރަންޖެހޭ މަސައްކަތްތައް ފާހަގަކޮށް އެކަންކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް ނިންމައި ރިޕޯޓު ތައްޔާރުކުރުން.
  • ހަވާލުކުރެވޭ ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިއަށްދަނީ ގަވާއިދުތަކާއި ޕްރޮޖެކްޓް ޕްލޭނާ އެއްގޮތަށްތޯ ބަލައި ޔަގީންކޮށް އަދި ކޮލިޓީ ކޮންޓްރޯލް ކުރުމާއި ކޯސްޓް ކޮންޓްރޯލް ކުރުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން.
  • މަސައްކަތްތަކާ ގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައްކުރުން.
  • ލިޔުމުންނާއި ވާހަކަދައްކައިގެން، އިދާރީ މުވައްޒަފުންނާއި އެހެނިހެން މުވައްޒަފުންނާ މުޢާމަލާތުކުރުން.
  • ސަޕޯޓް ސްޓާފުން ސުޕަވައިޒްކޮށް ތަމްރީނުކުރުން.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ. (އެކްރެޑިޓް ކޮށްފައިވާ)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް  
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިއު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަރވިއުކޮށް ނިމުމަށްފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

.09 ސެޕްޓެންބަރު 2015 ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 2718 332 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

19 ޛުލްޤަޢިދާ 1436

13 އޮގަސްޓް 2015
ހޯދާ