ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ބައްދަލުވުން - ބެޑްމިންޓަން އެޑްހޮކް ކޮމިޓީ އަދި ބީއޭއެމްގެ މެމްބަރުން

ބެޑްމިންޓަން އެޑްހޮކް ކޮމިޓީއިން، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީ.އޭ.އެމް) ގެ މެންބަރުންނާއެކު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.  އެގޮތުން މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚް، ގަޑި އަދި ތަން ތިރީގައި އެވަނީއެވެ.

 

ތާރީޚް: 18 މޭ 2025 (އާދީއްތަ)

ގަޑި:  ހަވީރު 5:00

ތަން: ހ. ރަސްމީ ބޯޅަގޭ، 3 ވަނަ ފަންގިފިލާ، އަބަދައް އުފާ މަގު

 

މި ބައްދަލުވުމަކީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގުމާ ގުޅޭ މުހިއްމު މަޝްވަރާތަކެއް ކުރެވޭނެ ބައްދަލުވުމެއްކަމުން، މިބައްދަލުވުމުގައި ބައިވެރިވުމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީ.އޭ.އެމް) ގެ ހުރިހާ މެމްބަރުންގެ ފަރާތުން އެދެމެވެ. އަދި މި ބައްދަލުވުމުގައި ތިޔައެންމެހާ މެމްބަރުންގެ އެއްބާރުލެއްވުން ބޭނުންވާނެ ވާހަކަވެސް ދެންނެވީމެވެ.

15 މޭ 2025
ހޯދާ