ދިވެހިރާއްޖެ
މަޤާމް :ޓެކްނިކަލް ސަޕޯރޓް އޮފިސަރ (ރިސަރޗް އޮފިސަރ) | |
---|---|
ބޭނުންވާ އަދަދު :2 | |
މަޤާމުގެ ކްލެސިފިކޭޝަން: ޗީފް ޓެކްނިކަލް ސަޕޯރޓް އޮފިސަރ މުސާރަ: - އަސާސީ މުސާރަ: -/9،000 ރުފިޔާ - ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2،700 ރުފިޔާ އިތުރު ޢިނާޔަތްތައް: - ނޮން-ޕްރެކްޓިސް އެލަވަންސް: -/3،150 ރުފިޔާ (އަސާސީ މުސާރައިގެ %35) - އިތުރު ގަޑީގެ ގޮތުގައި މަހަކު: -/5،400 ރުފިޔާ (އަސާސީ މުސާރައިގެ %60) - ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޕްރޮފެޝަނަލް އެލަވަންސް -/1،800 ރުފިޔާ (އަސާސީ މުސާރައިގެ 15 އިންސައްތަ) - ކެއުމާއި ބޭސްފަރުވާ ކުރުން ޝަރުތު: - ރިސަރޗްއާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ، - ރިސަރޗް ދާއިރާއެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން، - މީލާދީ ގޮތުން 18 އަހަރު ފުރިހަމަވެފައިވާ ފަރާތެއް ކަމުގައިވުން، - އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން، - ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން. މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު: - ދިވެހިރާއްޖޭގެ ޤާނޫނު ތަންފީޒުކުރުމާބެހޭ ދާއިރާއިން، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ މަސައްކަތްތަކާގުޅޭ ގޮތުން ހަދަންޖެހޭ އެންމެހައި ދިރާސާތައް ހަދައި، ފެންވަރު ރަނގަޅު އަދި އަވަސް މިނެއްގައި ޤަވާއިދުން ރިސަރޗް ރިޕޯޓްތައް އެކުލަވާލުން. - ލޯ އެންފޯސްމަންޓް ދާއިރާ އިތުރަށް ކުރިއަރުވައި ހަރުދަނާކުރުމަށް، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ ފަރާތުން ކުރަންޖެހޭ ދިރާސާތައް ހެދުމުގައި ކަމާބެހޭ އެންމެހައި ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުން. އިތުރު މަޢުލޫމާތު: - މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއް ކަމުގައި ނުވުން. - މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން, ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން. މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް: - ފެންވަރު ރަނގަޅު އަދި ޢިލްމީ ދިރާސާތައް ކުރުމުގެ ޤާބިލްކަމާއި ހުނަރު ހުރުން. - މީގެ ކުރިން މިފަދަ ދިރާސާތަކެއް ކޮށް، ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އެގޮތުން އެފަދަ ފަރާތެއް ކަމުގައި ބެލެވޭނީ، އަމިއްލައަށް ދިރާސާ ރާވައި، އެއަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ބަލަހައްޓާ، އަދި ދިރާސާ ރިޕޯޓް އެކުލަވާލައިފައިވާ ފަރާތްތަކެވެ. ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން: އައްޑޫ ސިޓީ (ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް – އައްޑޫ ކެމްޕަސް) ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި: ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ ހުށަހަޅަންޖެހޭ ލިޔުންތައް: - ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް، - ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ، - ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)، - ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ، - ނެގިފަހުން 03 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (01 ފޮޓޯ ފޯމުގައި ތަތްކޮށްފައި)، - ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން، - ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން. ސުންގަޑި: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2025 މެއި 29 ވަނަ ދުވަހުގެ 16:00 ގެ ކުރިން އައްޑޫ ސިޓީގައި ޤާއިމްކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ. ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ. 17 ޛުލްޤަޢިދާ 1446 |