މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭދަފުށީ ކައުންސިލް ޤުރުއާން މުބާރާތް1446

 

އިޢުލާން

 

"އޭދަފުށީ ކައުންސިލް ޤުރުއާން މުބާރާތް1446 "

     

          2025 ޖޫން މަހުގެ 19 ން 21 އަށް މިއިދާރާގެ ފަރާތުން "އޭދަފުށީ ކައުންސިލްގެ ޤުރުއާން މުބާރާތް 1446 ގެ ނަމުގައި ޤުރުއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނާއި ކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖައްސައި، ޤުރުއާން ކިޔެވުމަށް  ޝައުގުވެރިކަން އުފައްދައި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމާއި، އަތޮޅު އަދި ޤައުމީ ފެންވަރުގައި ނަން ވިދާލެވޭނެފަދަ ޤާބިލް ކުދިންތަކެއް އުފެއްދުމާއި، އަތޮޅު ކައުންސިލްގެ ޤުރުއާން މުބާރާތަށް ކުދިން ހޮވުމެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފޮތުން އަދި ހިތުން ކިޔެވުމުގެ ބައިންނެވެ.

 މިމުބާރާތުގައި ސްކޫލް، ކްލަބް ޖަމްޢިއްޔާތަކާއި، މިރަށުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޤުރުއާން ކްލާސްތަކުގެ ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު އޮތް ވާހަކަ ދެންނެވީމެވެ.

            މިމުބާރާތުގައި ބައިވެރި ވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2025 މެއި 25 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމު ފުރުއްވުން އެދެމެވެ.

 

ލިންކް: https://forms.gle/6ykRbk2Hk61fSBxF6

 

    މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

    17 ޛުލްޤަޢިދާ 1446

15 މޭ 2025
ހޯދާ