ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެޑްމިނިސްޓްރޭޓިވް ޑިރެކްޓަރ
ބޭނުންވާ އަދަދު :1

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓަންޓް އެގްޒެކްޓިވް ޑިރެކްޓަރ

މުސާރަ: 

- އަސާސީ މުސާރަ:  -/12،935 ރުފިޔާ

- ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2،700 ރުފިޔާ

އިތުރު ޢިނާޔަތްތައް:

- ނޮން-ޕްރެކްޓިސް އެލަވަންސް: -/4،527.25 ރުފިޔާ (އަސާސީ މުސާރައިގެ 35 އިންސައްތަ)

- އިތުރު ގަޑީގެ ގޮތުގައި މަހަކު: -/7،761 ރުފިޔާ (އަސާސީ މުސާރައިގެ %60 އިންސައްތަ)

- ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޕްރޮފެޝަނަލް އެލަވަންސް -/2،587 ރުފިޔާ (އަސާސީ މުސާރައިގެ 20 އިންސައްތަ)

- ކެއުމާއި ބޭސްފަރުވާ ކުރުން

ޝަރުތު:

- ތަޢުލީމީ ދާއިރާއިން ނުވަތަ ރިސަރޗް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ތަޢުލީމީ ދާއިރާއިން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

- ރިސަރޗް ދާއިރާއިން ތަމްރީން ހާސިލްކޮށް ސަނަދު ހާސިލްކޮށްފައިވުމާއެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، ރިސަރޗް ދާއިރާއިން އެކަށީގެންވާ ފަދަ މަސައްކަތްތަކެއް ކޮށްފައިވުން.

- މީލާދީ ގޮތުން 18 އަހަރު ފުރިހަމަވެފައިވާ ފަރާތެއް ކަމުގައިވުން،

- އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން،

- ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ދިވެހިރާއްޖޭގެ ތަންފީޒުކުރުމާބެހޭ ދާއިރާއިން، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ މަސައްކަތްތަކާގުޅޭ ގޮތުން ހަދަންޖެހޭ އެންމެހައި ދިރާސާތައް ހަދައި، ފެންވަރު ރަނގަޅު އަދި އަވަސް މިނެއްގައި ޤަވާއިދުން ރިސަރޗް ރިޕޯޓްތައް އެކުލަވާލުން.

- ލޯ އެންފޯސްމަންޓްގެ ދާއިރާ އިތުރަށް ކުރިއަރުވައި ހަރުދަނާކުރުމަށް، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގެ އެންޑް ލޯ އެންފޯސްމަންޓުގެ ފަރާތުން ކުރަންޖެހޭ ދިރާސާތައް ހެދުމުގައި ކަމާބަހޭ އެންމެހައި ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުން. 

- ލޯ އެންފޯސްމަންޓް ދާއިރާގައި އެއްކުރެވިފައި ހުރި މަޢުލޫމާތު ހޯދައި، މި ދާއިރާގެ ކުރިއެރުމަށް ގޮތް ނިންމުމަށް، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހަދަން ޖެހޭ އެންމެހައި ދިރާސާތައް ހެދުމާއި، މަޢުލޫމަތު އެއްކޮށް ރިޕޯޓް އެކުލަވާލުން.

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއް ކަމުގައި ނުވުން.

- މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން, ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން.

މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

- ފެންވަރު ރަނގަޅު އަދި ޢިލްމީ ދިރާސާތައް ކުރުމުގެ ޤާބިލްކަމާއި ހުނަރު ހުރުން.

- ކޮލެޖްގެ ކުރިމަގަށް ގޮތް ނިންމުމަށް އެހީވެދޭނެ ފަދަ ދިރާސާތައް ކުރަން އެނގުމާއި ކަމާގުޅުންހުރި ދާއިރާތަކުން އެއްކުރެވޭ ކޮމްޕްލެކްސް ޑޭޓާތައް އެނަލައިޒްކުރުމުގެ ޤާބިލްކަންހުރުން، އަދި އެފަދަ ޑޭޓާތައް އެކްސްޓްރެކްޓްކޮށް އެނަލައިޒްކުރުމުގައި ބޭނުންކުރެވޭ ސައިންޓިފިކް އަދި ޓެކްނިކަލް ޓޫލްސްތަކަށް އަހުލުވެރިވުން.

- މީގެ ކުރިން މިފަދަ ދިރާސާތަކެއް ކޮށް، ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އެގޮތުން އެފަދަ ފަރާތެއް ކަމުގައި ބެލެވޭނީ، އަމިއްލަ އަށް ދިރާސާ ރާވައި، އެއަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ބަލަހައްޓާ، އަދި ދިރާސާ ރިޕޯޓް އެކުލަވާލައިފައިވާ ފަރާތްތަކެވެ.

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:  އައްޑޫ ސިޓީ (ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް – އައްޑޫ ކެމްޕަސް)

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި:  ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ

ހުށަހަޅަންޖެހޭ ލިޔުންތައް:

- ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް،

- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ،

- ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ،

- ނެގިފަހުން 03 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (01 ފޮޓޯ ފޯމުގައި ތަތްކޮށްފައި)،

- ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން،

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2025 މެއި 29 ވަނަ ދުވަހުގެ 16:00 ގެ ކުރިން އައްޑޫ ސިޓީގައި ޤާއިމްކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

17 ޛުލްޤަޢިދާ 1446

15 މޭ 2025
ހޯދާ