މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިބަރު ޑިންގީ ސިޓީލާ ނީލަމުގައި ވިއްކާލުން

އިޢުލާން

 

ފައިބަރު ޑިންގީ ސިޓީލާ ނީލަމުގައި ވިއްކާލުން

       މިކައުންސިލްގެ ތިރީގައި ދަންނަވާ  ދުއްވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން ކޮންމެ ދުވަހަކު 12:00 ގެ ކުރިން އެއުޅަނދެއް ގަތުމަށް ބޭނުންވާ އަގު މި އިޢްލާނާއި އެކު އެޓޭޗްކުރެވިފައިވާ (NL04) ފޯމުން ކައުންޓާރގައި ހުންނަ ފޮށްޓަށް ހުށަހަޅަންވާނެއެވެ. ނީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ  18 މެއި 2025 ވަނަ ދުވަހުން ފެށިގެންނެވެ. ގަތުމަށް ބޭނުންވާ އުޅަނދަށް ހުށަހަޅާ އަގު ރަސްމީ ކޮންމެ ދުވަހެއްގެ 14:00 ގައި ހުށަހެޅި އެންމެމަތީ އަގު އެނގޭ ގޮތަށް މިކައުންސިލްގެ ނޯޓިސް ބޯޑު އަދި ވައިބާރ ގުރޫޕްގައި އާންމުކުރެވޭނެއެވެ. މިތަކެތި ގަތުމަށް އަގު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާފައިވާ އަގު ޖެހިޖެހިގެން 2 ދުވަހު އޮވެއްޖެނަމަ، އެ ފަރާތެއްގެ ނަމުގައި ނީލަން ނިންމާލެވޭނެއެވެ.

ރިފަރެންސްނަމްބަރ

ވެހިކަލްގެ މަޢްލޫމާތު

ނީލަންފެށޭ އަގު

އިތުރުކުރެވޭނެ އެންމެ ކުޑައަގު

02/2025

ޑިންގީ

-/10,000ރ

ފަހަރަކު  1000/-ރ

 

 

   

     މި އުޅަނދުތައް ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން 13:00 އަށް ކައުންސިލަށް ވަޑައިގަތުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އަދި މިއިޢްލާނާއި އެކު ސިޓީލާ ނީލަމުގެ ގައިޑްލައިނާ، އަގުހުށަހަޅާ ސިޓީ އަދި  ނީލަންކިޔާ ތަކެތީގެ ފޮޓޯ ހިމެނިފައިވާނެއެވެ.

15 މޭ 2025
ހޯދާ