ދިވެހިރާއްޖެ
އިންސްޕެކްޓަރ
ވަޒީފާ އަދާ ކުރަންޖެހޭ ތަން: ތިލަފުށި
މަސައްކަތު ގަޑި: ޝިފްޓް ޑިއުޓީ
ތައުލީމީ ފެންވަރާއި ތަޖުރިބާ:
- ގްރޭޑް 8 ނިންމާފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރުގެ ތަޖުރިބާ ހުރުން. (ނުވަތަ)
- އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއިއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރުގެ ތަޖުރިބާ ހުރުން.
މަޤާމުގެ މަސްއޫލިއްޔަތު:
ސުޕަވައިޒަރުގެ އިރުޝާދާއި އެއްގޮތްވާ ގޮތުގެ މަތިން ރަށުތެރެ ބެލެހެއްޓުން.
މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ސުޕަވައިޒަރުގެ އިރުޝާދާއި އެއްގޮތްވާ ގޮތުގެމަތިން ސައިޓްތަކުގެ ކަންތައްތައް ބަލައި މޮނިޓަރ ކުރުން. އަދި ކެމިކަލް ވެއާހައުސް ފަދަ ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުން.
- ރަށުތެރޭގެ ސާފުތާހިރުކަން ބަލައި ސާފުކުރަންޖެހޭ ސަރަހައްދެއްވާނަމަ ސުޕަވައިޒަރަށް ރިޕޯޓުކުރުން. މީގެ ތެރޭގައި މަގުތަކާއި މަސައްކަތްކުރާ ސަރަހައްދުތަކާއި އަދި ފަޅުތެރެ ހިމެނެއެވެ.
- ތިލަފުށީގައި މަސައްކަތް ކުރާ ފަރާތްތަކުން މަސައްކަތް ކުރަނީ ހެދިފައިވާ ގަވާއިދުތަކާ އެއްގޮތައްތޯ ބަލައި މައްސަލައެއް ވާނަމަ ސުޕަވައިޒަރަށް ރިޕޯޓްކުރުން.
- ތިލަފުށީގެ އެއްވެސް ސަރަހައްދެއް ހުއްދަނޫން ގޮތެއްގައި ބާނުންކުރޭތޯ ބަލައި ޗެކުކުރުން.
- ގަވާއިދާ ޙިލާފަށް ބަހައްޓާފައި ހުންނަ ތަކެތި ބެހެއްޓުން މަނާކޮށް ސުޕަވައިޒަރަށް ރިޕޯޓް ކުރުން. މީގެތެރޭގައި ޕާކުކޮށްފައި ހުންނަ އުޅަނދާއި، އެހެނިހެން ތަކެތި ހިމެނެއެވެ. އަދި މި ތަކެތި ނެގުމުގައި ދޭންޖެހޭ އެންމެހާ އެހީތެރިކަން ދިނުން.
- ބިން އަދި އިމާރާތްތަކާއި ގުޅުންހުރި އެކި ކަހަލަ ސަރވޭތައް ކުރުމުގައި އެހީތެރިވެދިނުން
- މަޤާމް އަދި ސެކްޝަންގެ މަސައްކަތާއި ގުޅޭގޮތުން ޑިޕާޓްމަންޓްގެ އިސްވެރިޔާ ނުވަތަ ސުޕަވައިޒަރ ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- ސަލާމަތީ ކަންތައްތައް ދަންނަ މީހެއް ކަމުގައިވުން.
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރުން.
- މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަށް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
މުސާރަ: 12,500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
.............................................................................................................................
ބޭނުންވާ ލިޔެކިޔުންތައް:
- އައިޑީ ކާޑު ކޮޕީ
- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
- ސީވީ
ވަޒީފާގެ ބާވަތް:
ކޮންޓްރެކްޓް އުސޫލުން (ފުރަތަމަ އެއް އަހަރުގެ ކޮންޓްރެކްޓެއް ހުށައެޅުމަށްފަހު، ދާއިމީ ކުރުމަށް ނިންމާނީ ފުރަތަމަ ކޮންޓްރެކްޓް ނިމުމުންނެވެ).
މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 21 މެއި 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެޗް.ޑީ.ސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
ޕޯޓަލް ލިންކު: (jobs.hdc.mv)
އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.