ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ގދ. ފަރެސްމާތޮޑާ މެޖިސްޓރޭޓްކޯޓުގައި ކައިވެނި އަގުދުކޮށްދޭނެ ޝަރުޢީ މައުޛޫނަކު ހޯދުން.

އިޢުލާން

ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ފުރުޞަތު

ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގައި ކައިވެނި އަގުދުކޮށްދޭނެ ޝަރުޢީ މަޢުޛޫނުން ބޭނުންވެއެވެ.

މަޤާމް:

ޝަރުޢީ މަޢުޛޫން

ބޭނުންވާ ޢަދަދު:

5 (ފަހެއް)

ކޯޓު/އިދާރާ:

 ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓް

އެލަވަންސް:

 -/250 ރުފިޔާ (ޢަޤުދު ކޮށްދޭ ކޮންމެ ކައިވެންޏަކަށް)

މަޤާމުގެ ޝަރުތު:

 ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

 - ޝަރުޢީ މަޢުޛޫނުކަމަށްއެދި ހުށަހަޅާ ފޯމް

 - ވަނަވަރު

 - އައިޑީކާޑުގެ ކޮޕީ

 - ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދައިގެ ކޮޕީ

ކައިވެނިކޮށްދޭންޖެހޭ ގަޑި:

ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައި   ކޯޓުން ކޮށްދޭންޖެހޭ ކައިވެނިތައް ކޮށްދިނުމަށް ހަވާލުކުރެވޭނެއެވެ.

ސުންގަޑި:

27 މެއި 2025 ވަނަ ދުވަހުގެ 13:00ގެ ކުރިން.

އިންޓަވިއު އޮންނާނެތަނާއި މުއްދަތު

މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 01 ޖޫން 2025ން 30 ޖޫން 2025 އާ ދެމެދު ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގައެވެ.

އިތުރު މަޢުލޫމާތު:

-   މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ޝަރުޢީ މަޢުޛޫނުކަމަށް އެދޭ ފޯމް މިކޯޓުގެ ވެބްސައިޓް gdh-faresmaathoda.courts.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޓުގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ.

 

މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިއުލާނުގައި ބާޔަންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިންޓަވިއުއަށް ވަޑައިގަންނަވާއިރު ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދައިގެ އަސްލު ގެންނަންވާނެއެވެ.

 

 މަޤާމަށް އެދި ފޯމު ހުށަހަޅުއްވާނީ ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ރިސެޕްޝަނަށެވެ. ނުވަތަ އީމެއިލްގެ ޒަރިއާއިން ފޯމު ހުށަހަޅުއްވާނަމަ މި ކޯޓުގެ ރަސްމީ އީމެއިލް [email protected]   އަށެވެ.

މި އިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840143 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

17‏ ޛުލްޤަޢިދާ‏ 1446

‏15‏ މެއި‏ 2025

15 މޭ 2025
ހޯދާ