މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅު ޤުރުއާން މުބާރާތަށް ތައްޔާރުވުމަށާއި، ރައްޔިތުންގެ ޤުރުއާން ކްލާހަށް މުދައްރިސަކު ހޯދުމަށް ބޭނުންވެއްޖެ.

   މިއަހަރުގެ އަތޮޅު ޤުރުއާން މުބާރާތަށް ކުދިން ތައްޔާރުވުމަށާއި، ރައްޔިތުން ޤުރުއާން ކްލާހަށް މުދައްރިސަކު 1 އަހަރު ދުވަހަށް ހޯދުމަށް ބޭނުންވެއްޖެއެވެ.

   ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 19 މެއި 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށްދުރުވެ ރަޖިސްޓްރީވުން އެދެމެވެ. މިކަމަށް އެދި ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތަތްކުން ކައުންސިލްގެ މަޢުލޫމާތު ޝީޓުގައިވާ ފޯމް ފުރުމަށްފަހު ސެޓްފިކެޓްތަށް 22 މެއި 2025 ވާ ބުރާސްފަތި ދުވަހު ހެނދުނު 09:30 ގައި ކައުންސިލަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމަ ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

   އަދި މަޢުލޫމާތު ފުރިހަމަނުވާ ފޯމް ބާޠިލުވާނެ ވާހަކަވެސް ދަންވަމެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލް ކުރައްވައި، ނުވަތަ 6640068 އަށް ގުޅުވުމަށް ދަންނަވަމެވެ. 

15 މޭ 2025
ހޯދާ