މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.މިލަންދޫގައި ދުއްވާ އެއްގަމު އުޅަނދުފަހަރުގެ ތެރެއިން ސީ-ޒޯނަށް ރަޖިސްޓްރީ ބަދަލުކުރުން.

އިޢުލާން

 

ށ.މިލަންދޫގައި ދުއްވާ އެއްގަމު އުޅަނދުފަހަރުގެ ތެރެއިން ސީ-ޒޯނަށް ރަޖިސްޓްރީބަދަލުނުކޮށް ދުއްވާ އުޅަނދުތައް ސީ-ޒޯނަށް ރަޖިސްޓްރީ ބަދަލުކުރުމާއި ގުޅޭ

 

މިލަންދޫގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމާއި، ޢާއްމުންނަކީ ޓްރެފިކްގެ ޤަވާއިދުތަކަށް އަހުލުވެރި ބަޔަކަށް ހެދުމުގެ ގޮތުން ދިވެހި ފުލުހުންގެ ފަރާތުން މިލަންދޫގައި ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން އެފަރާތުން ވަނީ މި ކައުންސިލަށް އަންގާފައެވެ. އެ އޮޕަރޭޝަނުގައި، މިލަންދޫގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ މި ޒޯނަށް (ސީ ޒޯނަށް) ރަޖިސްޓްރީ ކޮށްފައިވާ އުނޅަނދުތަކެއްތޯ ބެލުމާއި، މި ޒޯނަށް ރަޖިސްޓްރީ ކޮށްފައިނުވާ އެއްގަމު އުޅަނދުތަކާއިމެދު "އެއްގަމުގައި ދުއްވާ އިންޖީނުލީ އުނޅަނދު ރަޖިސްޓްރީ ކުރުމުގެ ޤަވާއިދު" އާއި އެއްގޮތަށް ޢަމަލު ކުރަމުން ގެންދިއުމަށް ހަމަޖެހިފައި ވެއެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ޤަވާއިދު" ގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ދުއްވޭނީ އެއްގަމު ދަތުރުފަތުރާ ބެހޭ ވުޒާރާއިން ނުވަތަ އެ ވުޒާރާއިން އިޚްތިޔާރު ދީފައިވާ ފަރާތަކުން ލިޔުމުން ހުއްދަ ހޯދުމަށްފަހުގައެވެ. ހަމައެހެންމެ، އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރެވޭ ސަރަޙައްދުތައް މި ޤަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އިސްވެ ޙަވާލާ ދީފައިވާ ޤަވާއިދުގައި ވާގޮތުން، ށ. މިލަންދޫގައި ދުއްވާ އެއްގަމު އުޅަނދުތައް ރަޖިސްޓްރީ ކޮށްފައި ހުންނަންވާނީ ސީ-ޒޯނަށެވެ.

މިލަންދޫގައި ދުއްވަމުން އަންނަ އިންޖީނުލީ އެއްގަމު އުނޅަނދުފަހަރުގެ ތެރެއިން ސީ-ޒޯނަށް ރަޖިސްޓްރީ ބަދަލު ކުރަންޖެހޭ އުޅަނދުތަކުގެ ވެރިފަރާތްތަކަށް ލިބިދާނެ ތަކުލީފުތައް ކުޑަކުރުމުގެ ގޮތުން އެފަދަ އުޅަނދުތަކުގެ ރަޖިސްޓްރީ ސީ-ޒޯނަށް ބަދަލުކުރުމަށް 2025 އޮގަސްޓް 31 ވަނަ ދުވަހާއި ހަމައަށް މުއްދަތު ދިނުމަށް މި ކައުންސިލުން ވަނީ ނިންމަވާފައެވެ.

                      އިސްވެ ދެންނެވުނު މުއްދަތުގައި ސީ-ޒޯނަށް ރަޖިސްޓްރީނުކުރާ އެއްގަމު އުޅަނދުތަކުގެ ވެރިފަރާތްތަކާއިމެދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާއިދު" ގެ 13 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަވެސް ދަންނަވަމެވެ.

15 މޭ 2025
ހޯދާ