ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީގައި މިހާރު ޖަހައިފައި ހުރި މަގުބައްތިތައް ސޯލާ ރޯޑު ލައިޓަށް ބަދަލުކުރުމުގެ މަސައްކަތްކޮށްދޭނޭ ބަޔަކު ހޯދާން 2025 އެޕްރީލް 30 ވަނަ ދުވަހު ކޮށްފައިވާ މި އިދާރާގެ ނަންބަރު (I)288/2025/042އިއުލާނުން މަސައްކަތަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީވެ، މި މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދާން އަލުން އިއުލާނު ކުރަމެވެ.
މަސައްކަތް ކުރުމަށް ހުށަހަޅާ ކޯޓޭޝަން ހުށަހަޅާނީ 21 މެއި 2025 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި އިދާރާގެ ކައުންޓަރަށް ނުވަތަ [email protected]އަށެވެ.
މި މަސައްކަތް ކުރުމަށް އެދި ކޯޓޭޝަން ހުށަހަޅާނީ އެ ކަމަށް ތައްޔާރުކޮށްފައިވާ ފޯމުންނެވެ. ފޯމާއި މައުލޫމާތު ކަރުދާސް އިއުލާނާއެކު އެއްހީރާސް ކުރެވިފައިވާނެއެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރާން ތިރީގައިވާ ނަންބަރަށް ގުޅުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރުން އެދެމެވެ.
ކައުންސިލް އިދާރާގެ ފޯނު ނަންބަރު: |
6560015 |
ކައުންސިލް މޯބައިލް ފޯނު ނަންބަރު: |
7763264 |
ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް: |
|
ޕްރޮޖެކްޓް ފޯކަލް ޕޮއިންޓް |
7217070 |