މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
އަންދާސީ ހިސާބު -މޯލްޑިވްސް މެރިން ރިސާރޗް އިންސްޓްޓިއުޓްއިން މާލެ އަތޮޅު އުތުރު އަދި ދެކުނުގައި ކަނޑުއަޑީގެ ވީޑިއޯ ސާރވޭ މަސައްކަތްތަކެއް ކުރުމަށް 12 ޖޫން އިން 22 ޖޫން އަށް ދުވަހު ކުއްޔަށް ކަނޑުއުޅަނދެއް ހިފުން.

މި މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގަމުންދާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްއިން މާލެ އަތޮޅު (އުތުރު އަދި ދެކުނު) ކަނޑުއަޑީގެ ސާރވޭ މަސައްކަތްތަކެއް ކުރުމަށްޓަކައި ދުވަހު ކުއްޔަށް ކަނޑުއުޅަނދެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން  ބޭނުންވެއެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް ވަޑައިގެންދެއްވުން އެދެމެވެ.

 

ތާރީޚް އަދި ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

20 މެއި 2025 ވާ އަންގާރަ ދުވަހުގެ 11:00

ވަޑައިނުގެންނެވޭ ފަރާތްތަކަށް 3322242 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެ

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓްޓިއުޓް

އަންދާސީ ހިސާބު ހުށަހެޅުން

26 މެއި 2025 ވާ ހޯމަ ދުވަހުގެ 11:00 އަށް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސް (ވެލާނާގެ 7 ވަނަ ފަންގިފިލާ)

 

މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ހުކުރު ދުވަސް ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެކެވެ. މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް އަތުވެއްޖެނަމަ، ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 ގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3322242، 3028703 އަދި 3339239 ނަންބަރު ފޯނަށެވެ.

15 މޭ 2025
ހޯދާ