ދިވެހިރާއްޖެ
އިޢުލާން
މިއިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް މަގުމަތީގައި ފެންހިންދާ ހޮޅިއަޅާ، އަދި ކާނުހަދާނޭ ފަރާތެއް ހޯދުން:
ރަށުގެ ބައެއް ހިސާބުތަކުގައި ވިއްސާރަ ވުމާގުޅިގެން އާދަޔާ ޙިލާފަށް ފެންބޮޑުވަމުންދާތީ، ފެންބޮޑުވާ ސަރަހައްދު ތަކުގައި ފެން ހިންދުމަށް، ކާނުހެދުމާއި މޫދަށް ފެން ބޭރުކުރާނޭ ހޮޅި އެޅުމަށް ބޭނުންވާތީ، މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، ކައުންސިލުން ބޭނުންވާ މަގުތަކެއް ގައި ފެންހިންދާ ހޮޅިއަޅާ ކާނު ހެދުމަށް ބޭނުންއެވެ.
ފެންހިންދާ ހޮޅި އަދި ކާނުތަށް ހެދިފައި ހުންނަން ވާނީ ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށެވެ. މި މަސައްކަތް ކުރިޔަށް ގެންދިއުމަށް ބޭނުންވާ ގޮތުގެ ތަފްސީލް މައުލޫމާތް ޝީޓްގައި ހިމަނާފައި ވާނެއެވެ. އަދި މިމަސައްކަތް ކުރަންވާނީ، މަސައްކަތްނަގާ ފަރާތުގެ އަމިއްލަ ތަކެތީގައެވެ.
މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތުހުޅުވާ ލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު(ޤާނޫނު ނަންބަރ: 2014/19) ގެ ދަށުންރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2025 މެއި 15 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2025 މެއި 21 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން، ނުވަތަ ރަޖިސްޓްރޭޝަން ފޯމް މި އިދާރާގެ ކައުންޓަރުން ނަންގަވާ ފުރިހަމަކުރެއްވުމަށް ފަހު ހުށަހެހެޅުއްވުން އެދެމެވެ.
މި މަސައްކަތަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް 2025 މެއި 22 ވާ ބުރާސްފަތި ދުވަހުގެ 13:00 މި އިދާރާގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ކުރިޔަށް ގެންދެވޭނެ އެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2025 މެއި 26 ވާ ހޯމަ ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުންނަންވާނީ ސިޓީއުރައިގައި ބަންދު ކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުށައަޅަން ކަޑައެޅި ފައިވާ ތާރީޙާއި ގަޑި އަދި ބީލަން ހުށައަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރަށްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
އިވެލުއޭޝަން ކްރައިޓީރިއާ
- މަސައްކަތްކުރުމަށް ހުށައަޅާ އަގު: %70 (ހަތްދިހަ) ޕޮއިންޓް ( އެއްމެ ކުޑައަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
- މުއްދަތު: %20 (ވިހި) ޕޮއިންޓް (އެއްމެ ކުރު މުއްދަތަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
- މަސައްކަތު ތަޖުރިބާ : (ދިހައެއް) ޕޮއިންޓް ( މަގުމަތީގައި ފެންހިންދާ ހޮޅިއެޅުންފަދަ / މަރާމާތުގެ މިފަދަ މަސައްކަތުގެ ތަޖުރިބާގެ ލިޔުމަށް).
ވީމާ މިކަން އާއްމުކޮށް އެއްގުމަށްޓަކާ އިޢުލާންކުރީމެވެ.