ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާރކަށް ސްލައިޑެއް ގަނެ ފޯރުކޮށްދޭނޭ ފަރާތެއް ހޯދުން

އިޢުލާން

 

ކުޑަކުދިންގެ ޕާރކަށް ސްލައިޑެއް ގަނެ ފޯރުކޮށްދޭނޭ ފަރާތެއް ހޯދުން

            މިރަށު ކުޑަކުދިންގެ ޕާރކަށް ބޭނުންވާ ސްލައިޑް ގަނެ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 މެއި 18 ވަނަ ދުވަހުން ފެށިގެން 2025 މެއި 26 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ބީލަން ރަޖިސްޓަރީ ކުރާ ފޯމު މި އިދާރާއަށް ހުށަހަޅައި ބީލަން ރަޖިސްޓަރީކުރެއްވުން އެދެމެވެ. މި އިދާރާގެ އީމެއިލް [email protected]  އަށް އީމެއިލް ކޮށްގެންވެސް ބީލަން ރަޖިސްޓަރީ ކުރެވޭނެއެވެ. ރަސްމީގަޑީގައި މި އިދާރާއިން ފޯމު ލިބިވަޑައިގަންނަވާނެއެވެ.  ބީލަންފޮތް ވިއްކާ އަގަކީ -/100ރ (ސަތޭކަ ރުފިޔާ) އެވެ. ބީލަން ބަލައިގަތުމާއި، އަދި ބިޑް ހުޅުވުން އޮންނާނީ ތިރީގައިވާ ތަވާލްގައިވާ ގޮތުގެމަތިން އެ ދުވަސްތަކާއި ގަޑިތަކުގައެވެ.

ބީލަން ވިއްކުން

2025 މެއި 26 ވާ ހޯމަދުވަހުގެ 14:00 ގެ ނިޔަލަށް

ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން

2025 މެއި 29 ވާ ބުރާސްފަތި ދުވަހު 13:00 ގައި ހިރިލަންދޫ ކައުންސިލް އިދާރާގައި

 ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

17 ޛުލްޤައިދާ 1446

15 މެއި 2025

15 މޭ 2025
ހޯދާ