މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ބާރޖެއް ނީލަމުގައި ވިއްކާލުމަށް

މިކުންފުނީގެ ތިލަފުށި ސައިޓުގައިހުރި ޑޮމެސްޓިކް ކާގޯގައި ބޭނުންކުރި ބާރޖް "ކުރިމަގު 3" ޚާއްޞަ ނީލަމެއްގެ ގޮތުގައި ވިއްކާލަން ބޭނުންވެއެވެ. މިނީލަމާ ގުޅޭ ތަފުސީލު ތިރީގައި މިވަނީއެވެ.

ނީލަން ކިޔުން އޮންނާނީ 2 ސެޕްޓެންބަރު 2015 ބުދަދުވަހުގެ 14:00 ގައި އެމް.ޓީ.ސީ.ސީ ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓްގެ، ފުރަތަމަ ފަންގިފިލާ ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު ) ގައެވެ.

  • މި ބާރޖް "ކުރިމަގު 3" އޮތީ އެމްޓީސީސީ ތިލަފުށި ސައިޓްގައެވެ.
  • މި ބާރޖް "ކުރިމަގު 3" ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކަށް ރަސްމީދުވަސްތަކުގެ ހެނދުނު 09:00 – 16:00 އަށް އެމްޓީސީސީ ތިލަފުށިސައިޓަށް ވަޑައިގެންނެވުމުން ބެލޭނެ އިންތިޒާމު ހަމަޖެހޭނެެއެވެ.
  • ނީލަމުގައި ބައިވެރިވޭނީ އެކަމަށް އެދި އެމް.ޓީ.ސީ.ސީ ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓްގައި ރަޖިސްޓަރީ ކުރެވި އަދި ސެކިއުރިޓީ ޓިޕޮސިޓް -/10,000ރ (ދިހަހާސް ރުފިޔާ) ، 02 ސެޕްޓެންބަރު 2015 ގެ 13:00 ގެ ކުރިން ފައިސާ ދައްކަވާފައިވާ ފަރާތްތަކަށެވެ.
  • ނީލަން ކިޔާނީ ހާޒިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ.
  • ނީލަން ފެށޭނީ -/400,000 (ހަރަތު ލައްކަ) ރުފިޔާއިންނެވެ.
  • ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/5,000 (ފަސްހާސް ރުފިޔާ)އަށް ވުރެ ކުޑަނޫން އަދަދެއް ހުށަހަޅައިގެންނެވެ.
  • ނީލަން ނިމޭތާ 24 ގަޑިއިރުގެ ތެރޭގައި ނީލަން ނިމުނު ފަރާތުން ފައިސާ ދައްކަންވާނެއެވެ.
  • ނީލަން ނިމޭތާ 7 ދުވަހުގެ ތެރޭގައި ބާރޖް "ކުރިމަގު 3"  އެތަނުން ގެންގޮސް ނިންމަންވާނެއެވެ،
  • ބާރޖް "ކުރިމަގު 3" ދޫކުރެވޭނީ ރަސްމީދުވަސްތަކުގެ ހެނދުނު 09:00 ން ހަވީރު 16:00 އަށެވެ.

މި ނީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3001484 /3001477 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ

12 ޛުލްޤަޢިދާ 1436

27 އޮގަސްޓް 2015
ހޯދާ