ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
150 ޑެސްކް މަރާމާތުކުރުން
150 ޑެސްކް މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
- މި ސްކޫލުގައި ހުރި 200 ޑެސްކް މަރާމާތު ކުރުމަށް ކުރި ނަންބަރު އިޢުލާން (IUL)GZS/2025/43 އާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ އަގު ބޮޑުވުމާއި ގުޅިގެން މަސައްކަތުގެ ސްކޯޕަށް ބަދަލުގެނެއުމަށް ހަމަޖެހިފައިވާތީ އެ އިޢުލާން ބާތިލް ކޮށް 150 ޑެސްކް މަރާމާތު ކުރުމަށް އަގު ހުށަހެޅުމަށް ހުޅުވާލަމެވެ.
- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެ އެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކްސް ޑިވެލޮޕްމެންޓްގެ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތި އަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރި ތަކަށެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2025 މެއި 15 ން 2025 މެއި 21 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ މެއިލް އަށް ރެޖިސްޓްރޭޝަން ފޯމް މެއިލް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"އީމެއިލް އެޑްރެސް: [email protected]
- މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 މެއި 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- މި ބީލަމުގެ ޕްރީ ބިޑް މީޓިން އެއް ނޯންނާނެ އެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2025 މެއި 27 ވަނަ ދުވަހު 10:00 ގައި ޣާޒީ ސްކޫލުގެ މީޓިން ރޫމްގައެވެ.
- މި ބީލަމާއި ގުޅޭ ބީލަން ފޮތާއި ރެޖިސްޓްރޭޝަން ފޯމް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
17 ޟުލްޤައިދާ 1446
15 މެއި 2025
15 މޭ 2025
ހޯދާ