ފެމިލީ ކޯޓް
ދިވެހިރާއްޖެ
ފެމިލީ ކޯޓަށް ބޭނުންވާ 03 (ތިނެއް) ސީލިންގ މައުންޓް އެއަރކޮންޑިޝަނަރ ސަޕްލައިކޮށް، އަމިއްލަ ތަކެތީގައި ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ފެމިލީ ކޯޓަށް ބޭނުންވާ 03 (ތިނެއް) ސީލިންގ މައުންޓް އެއަރކޮންޑިޝަނަރ ސަޕްލައިކޮށް، އަމިއްލަ ތަކެތީގައި ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 މޭ 25 ވަނަ ދުވަހުގެ 10:30 އަށް މި ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެމިލީ ކޯޓުގެ (ޖަސްޓިސް ބިލްޑިންގ ފުރަތަމަ ފަންގިފިލާ) ކޮންފަރެސް ރޫމަށެވެ.

މިމަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓް (ބިޑާއި ގުޅޭ މައުލޫމާތު ބިޑްޑޮކިއުމެންޓުގައި ހިމަނާފައި) މިއިޢުލާނާ އެއްކަރުދާސް ކޮށްފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

16 ޛުލްޤައިދާ 1446

14 މޭ    2025

14 މޭ 2025
ހޯދާ