ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
އއ. މަތިވެރީގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކުރުން
1. އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އއ. މަތިވެރީގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކުރުމަށް ނުވަތަ ތަރައްޤީކުރުމަށް ފައިނޭންސްކުރުމަށް، މާލީ އަދި ފަންނީ ޤާބިލުކަން ސާބިތުކޮށްދެވޭ ޝަރުތުހަމަވާ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި.) ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
2. މި މަސައްކަތަކީ 1 އޭޕްރިލް 2025 ގައި ނެރެފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 9/2025 ގެ ދަށުން ފާސްކޮށްފައިވާ، ދިވެހިރާއްޖޭގެ އަރިއަތޮޅު އއ. މަތިވެރީގައި ޑޮމެސްޓިކް އެއަރޕޯޓެއް އިމާރާތްކުރުމަށް އަމާޒުކޮށްފައިވާ މުހިންމު ޤައުމީ މަޝްރޫޢެކެވެ. މި މަޝްރޫޢު ތަންފީޒުކުރެވޭނީ ކްރޮސް-ސަބްސިޑައިޒޭޝަން މޮޑެލެއްގެ ދަށުންނެވެ. މި މޮޑެލްގެ ދަށުން، ހޮވޭ އިންވެސްޓަރަށް އެ ވަސީލަތުގެ ރައުސުލްމާލު އަދި ހިންގުމުގެ ޚަރަދުތައް އަނބުރާ ހޯދުމަށް ވިޔަފާރީގެ ގޮތުން ފައިދާ ލިބޭނެ ބައިތަކެއް ހުށަހެޅިދާނެއެވެ. ނުވަތަ ކޮންޓްރެކްޓަރ ފައިނޭންސިންގ، ޕީޕީޕީ މޮޑެލް ނުވަތަ ލޯނު ފައިނޭންސިންގ މެދުވެރިކޮށްވެސް ކުރިއަށް ގެންދެވިދާނެއެވެ.
3. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް.) މި މިނިސްޓްރީގެ ވެބްސައިޓް www.infrastructure.gov.mv ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. މިމަސައްކަތާއިބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
4. ވީމާ، މި މަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 15 ޖޫން ވާ އާދިއްތަ ދުވަހު 13:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
އަލްފާޟިލާ އަސްރާރު
އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް،
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދަރުބާރުގެ، އަމީނީމަގު، މާލެ، 20344، ދިވެހިރާއްޖެ،
ފޯން: 4004900 960+
އީމެއިލް: [email protected]