ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މަޤާމުތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2025 އިލެކްޓްރޯނިކް ނިޒާމު މެދުވެރިކޮށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ މުއްދަތު އިތުރުކުރުން

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މަޤާމުތަކަށް މެންބަރުން ހޮވުމަށްޓަކައި 26 މޭ 2025 ވާ ހޯމަ ދުވަހު، ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި އިލެކްޓްރޯނިކް ނިޒާމު މެދުވެރިކޮށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު ބާ ކައުންސިލުގެ ނަންބަރު:  480/IUL/2025/13އިޢުލާނުގެ މުއްދަތު 13 މޭ 2025 ވާ އަންގާރަ ދުވަހަށް ހަމަވުމާއެކު، ކަނޑައެޅުނު މުއްދަތުގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް އިތުރު ފުރުޞަތު ދިނުމުގެ ގޮތުން، ވޯޓުލުމަށް ރަޖިސްޓްރީވުމުގެ މުއްދަތު 19 މޭ 2025 ވާ ހޯމަ ދުވަހުގެ 23:59 އަށް އިތުރުކުރަން ބާ ކައުންސިލުން ވަނީ ނިންމާފައެވެ.

 

އެހެންކަމުން، މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ޤާނޫނީ ވަކީލުންގެ ތެރެއިން ވޯޓުލުމަށް ބޭނުންފުޅުވާ ފަރާތްތަކުން ވޯޓުލުމަށް ރަޖިސްޓަރީވުމަށްޓަކައި، ކަނޑައެޅިފައިވާ ފޯމު: https://forms.gle/heDNwDpHDGfYCqF48  މެދުވެރިކޮށް، 19 މޭ 2025 ވާ ހޯމަ ދުވަހުގެ 23:59 ގެ ކުރިން ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. އިލެކްޓްރޯނިކް ނިޒާމް މެދުވެރިކޮށް ބާ ކައުންސިލުން ކުރިން ބާއްވާފައިވާ އިންތިޚާބެއްގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ މަޢުލޫމާތު ބަދަލުވެފައިވާނަމަ، އެ ފަރާތްތަކުންވެސް މަތީގައިވާ ފޯމު މެދުވެރިކޮށް މަޢުލޫމާތު އަޕްޑޭޓްކުރެއްވުން އެދެމެވެ.

 

އިލެކްޓްރޯނިކް ނިޒާމް މެދުވެރިކޮށް ވޯޓުލުމަށްޓަކައި ބާ ކައުންސިލުން ކުރިން ބާއްވާފައިވާ އިންތިޚާބެއްގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުން އަލުން މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވާކަށް ނުޖެހޭނެއެވެ.

 

އިލެކްޓްރޯނިކް ނިޒާމް މެދުވެރިކޮށް ވޯޓުލުމަށްޓަކައި ބާ ކައުންސިލުން ކުރިން ބާއްވާފައިވާ އިންތިޚާބުތަކުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ދަފުތަރު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ. އަދި އެ ދަފުތަރު: https://tinyurl.com/bdfvhbsr މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

14 މޭ 2025
ހޯދާ