އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ޢީދި ސަމާ 1446 ފާހަގަ ކުރުމުގެ ގޮތުން މަރަދޫފޭދޫ އަވަށުގައި ބާއްވާ ކެއްކުމުގެ މުބާރާތާއި ގުޅޭ

އިޢުލާން

 

އައްޑޫ ޢީދި ސަމާ 1446 ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ކެއްކުމުގެ މުބާރާތާއި ގުޅޭ

1446 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫ ސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި "އައްޑޫ އީދި ސަމާ 1446" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން މަރަދޫފޭދޫގައި ހިންގުމަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރެއިން "އުނދުނުން އަތަށް 1446" ގެ ނަމުގައި ކެއްކުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، މި މުބާރާތުގައި މަރަދޫފޭދޫ އަވަށުގެ ރައްޔިތުންނާއި މަރަދޫފޭދޫގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ވާހަކަ ދަންނަވަމެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު މި ޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ގޫގުލް ފޯރމް (https://forms.gle/3KYNbFcBCpJhFMP39) މެދުވެރިކޮށް 23 މޭ 2025 ވާ ހުކުރު ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް ދަންނަވަމެވެ. އަދި، މި މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 6891523 އަށް ގުޅުއްވުން އެދެމެވެ.

16 ޛުލްޤައިދާ 1446

14 މޭ 2025

 

14 މޭ 2025
ހޯދާ