ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. ގަމުގެ ބޮޑެތި މަގުތަކާއި އިޖުތިމާޢީ ސަރަހައްދުތަށް ސާފުކުރާ ފަރާތްތަކުގެ ޕޫލްގައި ރަޖިސްޓްރީވުމަށް ހުޅުވާލުން

ލ. ގަމުގެ ބޮޑެތި މަގުތަކާއި އިޖުތިމާޢީ ސަރަހައްދުތަށް ސާފުކުރާ ފަރާތްތަކުގެ ޕޫލްގައި ރަޖިސްޓްރީވުމަށް ހުޅުވާލުން

މަޤާމު:

މަސައްކަތު

ބޭނުންވާ އަދަދު:

75 (ހަތްދިހަ ފަހެއް)

މަޤާމުގެ ގިންތި:

ވަގުތީ (1 އަހަރު ދުވަހަށް)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ލ. ގަމުގެ ބޮޑެތި މަގުތަކާއި ޢިޖުތިމާއީ ސަރަހައްދުތަށް

މަސައްކަތުގެ އުޖޫރަ:

  • މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 75.00 ރުފިޔާ.
  • ރަމަޟާންމަހު މަސައްކަތު ނުކުންނަ ދުވަހަކަށް ކައުންސިލުން ކަޑައަޅާ ޢަދަދެއްގެ އެލަވެންސްއެއް ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ގަޑި:

  • ރަސްމީ ބަންދު ދުވަސްތަށް ފިޔަވައި ކައުންސިލުން ކަޑައަޅާ ކޮންމެ ދުވަހެއްގެ ހެނދުނު 2 ގަޑިއިރު އަދި ހަވީރު 2 ގަޑިއިރު.
  • މަސައްކަތުގައި ހޭދަވާ ގަޑީގެ އަދަދު ބެލުމަށް ހާޒިރީ ބަލަހައްޓާ ސުޕަވައިޒަރަކު މަސައްކަތްކުރާ ސައިޓްގައި ހަރަކާތްތެރިވާނެއެވެ. މި ގޮތުން ސުޕަވައިޒަރު މަސައްކަތް ފެށިގަޑިއާއި ނިމުނު ގަޑި ބަލާ ހާޒިރީގައި ސޮއިކުރުވާނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ކައުންސިލުން ކަނޑައަޅާ ތާވަލާއެއްގޮތަށް ކަނޑައެޅިފައިވާ މިންވަރަށް ސާފުކުރަން ހަވާލުކުރާ މަގުތަށް ސާފުކުރުން.
  2. ކައުންސިލުން ކަނޑައަޅާ ތާވަލާއެއްގޮތަށް ހަވާލުކުރާ އިޖުތިމާޢީ ސަރަހައްދުތަށް ކަނޑައެޅިފައިވާ މިންވަރަށް ސާފުކުރުން.

މަޤާމުގެ ޝަރުޠުތައް:

  • ·         ދިވެހި ރައްޔިތެއްކަމުގައިވުން / އެހެން ޤައުމެއްގެ ރައްޔިތެއްނަމަ އެފަރާތަކީ ދިވެހި ރައްޔިތަކާއި ކައިވެނިކޮށްގެން އުޅޭ ފަރާތަކަށްވާންވާނެއެވެ.
  • ·         އުމުރުން 18 އަހަރު ފުރިފައިވުން
  • ·         މަސައްކަތްކުރެވޭވަރުގެ ރަނގަޅު ސިއްހަތެއްގައި ހުރިފަރާތަކަށްވުން.

ހުށަހަޅަންޖެހޭ ތަކެތި:

 

  • ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ  ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  • ރަޖިސްޓްރީވުމަށް އެދޭފަރާތުގެ ބޭންކް އެކައުންޓް އަންގައިދޭފަދަ ލިޔުމެއް.

ރަޖިސްޓްރީވުމަށް ކަންކުރަންވީ ގޮތް:

  • ޕޫލްގައި ރަޖިސްޓްރީވުމަށް ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމަށްފަހު ރަޖިސްޓްރީވުމަށް ހާއްސަ ކުރެވިފައިވާ ޝީޓްގައިވާ މަޢުލޫމާތު ފުރިހަމަކޮށް ސޮއިކުރުން.
  • ޕޫލްގައި ރަޖިސްޓްރީވުމަށް ހުށަހަޅަންޖެހޭ ތަކެތި ބަލައިގަތުމާއި ރަޖިސްޓްރީ ޝީޓްގައި ނަންނޯޓްކުރުން ކުރިއަށްދާނީ 22 މޭ 2025 ގެ 14:00ގެ ނިޔަލަށް މުނިސިޕަލް ޝެކުޝަނުގައި.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6800766 އަށެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

މިމަސައްކަތުގައި ކަންކުރާނެގޮތުގެ އުސޫލު ރަޖިސްޓްރީވާ ފަރާތްތަކަށް ހިއްސާކުރެވޭނެއެވެ.

 

16 ޒުލްގައިދާ 1446

14 މޭ 2025

14 މޭ 2025
ހޯދާ