އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުން

1446 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ފުރަތަމަ 10 (ދިހައެއް) ދުވަސް "އެންމެމާތް ދިހަދުވަސް" ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއެކު ރަށުގެ ހުރިހާ ގޯތިތަކާއި މަގުތައް ކުނިކަހައި ސާފުކޮށް، ކުލަބޮކި ދިއްލައި ޒީނަތްތެރި ކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ. މި މަސައްކަތުގައި ބައިވެރިވެ ގޯއްޗާއި މަގުދިއްލާ ފަރާތްތަކުގެ ތެރެއިން އެންމެ ތަފާތު އަދި އެންމެ ރީތި ޑިޒައިނެެއްހޮވައި ފައިސާގެ އިނާމުދިނުމަށްވަނީ ހަމަޖެހިފައެވެ.     1 ވަނަ އަށް -/6000 (ހަހާސް ރުފިޔާ)   2 ވަނައަށް -/4000 (ހަރުހާސް ރުފިޔާ)  3 ވަނަ އަށް -/2000 (ދެހާސް ރުފިޔާ) ގެ އިނާމު ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. ވަނަހޮވުމުގައި ގޭގެ މަގުފަޅިއާއި ގޯތިތެރޭގެ ސާފުތާހިރުކަމަށް ބަލާނެއެވެ.  

ވީމާ، 1446 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ފުރަތަމަ 10 (ދިހައެއް) ދުވަސް  ކުލަގަދަކޮށް ފާހަގަ ކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވާން ބޭނުންފުޅުވާ ގޭގެއިން 2025 މޭ 26 ވާ ހޯމަދުވަހުގެ 10:00 ގެކުރިން ގޭގެ އެޑުރެހާ ވެރިފަރާތުގެ ނަން ޖައްސަވާ ކައުންސިލް ގެ ވައިބަރ ނަންބަރ 7388877 960+ އަށް މެސެޖު ކުރެއްވުން، ނުވަތަ ރަސްމީ ގަޑީގައި ކައުންސިލަށް ވައިގެ ނަންނޯޓު ކުރެއްވުމަށް ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.  

14 މޭ 2025
ހޯދާ