މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަޟްޙާ ޢީދުގެ ކުޅިވަރުތަކަށް ސްޓޭޖްގައި ސައުންޑާއި ލައިޓިންގ ހަރުކޮށް ބަހައްޓައިދޭނެ ފަރާތެއް ހޯދުން

މިކައުންސިލުން ކޮންމެ އަހަރަކުވެސް ރަށު ފެންވަރުގައި މިރަށުގައި އަޟްޙާ ޢީދު ފާހަގަ ކުރުމުގެ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދަމެވެ. އެގޮތުން މިއަހަރުގެ އަޟްޙާ ޢީދުވެސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ.  

އެހެންކަމުން، އަޟްޙާ ޢީދުގެ ކުޅިވަރުތައް ސްޓޭޖްގައި ކުޅުމަށް ސައުންޑާއި ލައިޓިންގ ހަރުކޮށް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ޢާއްމުކޮށް އިޢުލާން ކުރަމެވެ. އަދި އެކަމަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން މި މަސައްކަތަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށްފަހު އެފަރާތަކާއި ޙަވާލުކޮށްގެން މަސައްކަތް ކުރިއަށް ގެންދާގޮތަށް ވަނީ ކައުންސިލުން ނިންމާފައެވެ. އެހެންކަމުން، އަޟްޙާ ޢީދުގެ ކުޅިވަރުތައް ސްޓޭޖްގައި ކުޅުމަށް ސައުންޑާއި ލައިޓިންގ ހަރުކޮށް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢްލާންކޮށް ބީލަން ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.

ވީމާ، މި މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:15 އަށް މިކައުންސިލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ

ފިތުރޯނުމަގު، ކ. ހުރާ

ފޯން : 6640074

އީމެއިލް: [email protected]

14 މޭ 2025
ހޯދާ