ދިވެހިރާއްޖެ
ނަންބަރު: (IUL)303-ISS/303/2025/36
އިއުލާން
1446 ވަނަ އަހަރުގެ އަޟްޙާ އީދު ފާހަގަކުރުމަށް ކުލަބް، ޖަމާއަތްތަކަށް ހުޅުވާލުން
1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ކުލަ ގަދަކޮށް ފާހަގަ ކުރުމަށްޓަކައި ޢީދުގެ ހަރާކާތްތައް ކައުންސިލުން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް ކުރިޔަށް ގެންދިއުމަށް ޝައުގުވެރިވާ ކުލަބު ޖަމިއްޔާތަކަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ކްލަބް ޖަމްޢިއްޔާތަކުން މި އިޢުލާނާއިއެކު މިވާ ލިންކް މެދުވެރިކޮށް 2025 މެއި 18 ވަނަ ދުވަހުގެ 14:00 ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުއްވުން އޮންނާނީ 2025 މެއި 22 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިންގް ރޫމްގައެވެ. އިޢުލާނާއެކުމިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ނުކުރާ އެއްވެސް ކުލަބު ޖަމިއްޔާއަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެކަމުގައި ދަންނަވަމެވެ. މި އިޢުލާނާއިއެކު މަޢުލޫމާތު ކަރުދާސް އަދި، ބީލަން ހުށަހަޅާ ފޯމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.