ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ނިލަންދޫ " ރައްޔިތުންގެ ހިޔާ "ގައި އެކޮމޮޑޭޝަން ބްލޮކެއް ޤާއިމްކުރުމާއި ގުޅޭ:

އިޢުލާން

 

ފ.ނިލަންދޫ " ރައްޔިތުންގެ ހިޔާ "ގައި އެކޮމޮޑޭޝަން ބްލޮކެއް ޤާއިމްކުރުމާއި ގުޅޭ:

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ފ.ނިލަންދޫގައި އެކޮމޮޑޭޝަން ބްލޮކެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2025 މޭ 15 ން 2025 މޭ 21 ވަނަ ދުވަހުގެ 11:00 ގެ ކުރިން މިކައުންސިލަށް ވަޑައިގެން ރެޖިސްޓްރީވުމަށް އެދި ދަންނަވަމެވެ.

މިމަސައްކަތަށް ރެޖިސްޓްރީ ކުރާ ފަރާތްތަކަށް  މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް މީޓިން 2025 މޭ 22 ވަނަދުވަހު 13:00 ގައި މިއިދާރާގައި އޮންނާނެއެވެ. މިބައްދަލުވުމުގައި މިމަސައްކަތާއި ގުޅޭ މަޢުލޫމާތުދިނުމާއި އަދި މަސައްކަތާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާހާއި ކުރެހުންތަށް ފޯރުކޮށްދެވޭނެއެވެ.

މިމަސައްކަތްތައް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2025 މޭ 29 ވަނަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖު އަދި ގެޒެޓުން ޑައުންލޯޑު ކުރެއްވޭނެއެވެ.

ނޯޓު: ޕްރީބިޑް މީޓިންގްގައި ބައިވެރިވެވޭނީ މަތީގައިވާ މުއްދަތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.

14 މޭ 2025
ހޯދާ