އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ އޯޑިޓް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދުން

އިޢުލާން

 

 

އއ. ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ އޯޑިޓް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދުން

 

އއ.ތޮއްޑޫގައި ޤާއިމްކުރެވިފައިވާ ލޯކަލް އޮތޯރިޓީ ކޮމްޕެނީ އޯޑިޓް ކުރުމުގެ މަސައްކަތް ކޮށްދޭނެ، ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

        ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މި އިޢުލާނާއެކުވާ މަޢުލޫމާތު ޝީޓްގައިވާ ގޮތުގެމަތިން މަސައްކަތް ކޮށްދިނުމަށް އެއްބަސްވާނަމަ، 25 މެއި 2025 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް  މަސައްކަތުގެ އަގު ހުށައެޅުމަށް މި އިދާރާގެ މެއިލް  [email protected] ނުވަތަ ހާޑްކޮޕީ (ސިޓީއުރައެއްގައި ސީލްކުރެވިފައި) ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ދެންނެވިފައިވާ ތާރީޚަށްވުރެން ލަހުން ލިބޭ ހުށަހެޅުންތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާފަރާތްތައްކަމުގައި ދެންނެވީމެވެ.

14 މޭ 2025
ހޯދާ