ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ / ހދ. ކުޅުދުއްފުށި ކެމްޕަސް

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ކުޅުދުއްފުށި ކެމްޕަސް

ގްރޭޑް:

06

ސްޕައިން ޕޮއިންޓް:

27

މަޤާމުގެ މުސާރަ:

މަހަކު 7,835.52 ރ

ސަރވިސް އެލަވަންސް:

މަހަކު  3,358.08ރ

އިނާޔަޔްތައް:

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35

- ލައިބްރަރީ މެމްބަޝިޕް

 

ވަޒީފާގެ ބާވަތް:

 ކޮންޓްރެކްޓް

ވަޒީފާގެ މުއްދަތު

ކޮންޓްރެކްޓް ފެށޭ ތާރީޙުން ފެށިގެން 14 އޮކްޓޫބަރު 2025 ގެ ނިޔަލަށް

މަގާމުގެ ޝަރުތު:

އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 01 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ތާވަލް ކުރެވިފައިވާ ގަޑި ތަކުގައި އޮފީސް ހުޅުވައި ލެއްޕުން.
  2. އޮފީހަށް އަންނަ ސިޓީތަކާއި އެހެނިހެން ތަކެތި ބަލައިގަތުމާއި ފޮނުވުން. ސިޓީތަކާއި އެހިނެހެން ލިއުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތަކަށް ފޮނުވުން.
  3. ކޯސްތަކަށް ކިޔަވައި ދޭން އަންނަ ޕާރޓްޓައިމް/ ފުލްޓައިމް ލެކްޗަރަރ އިން ކިޔަވައިދިނުމަށްބޭނުންވާ އިދާރީ ކަންތައްތަކުގައި އެހީތެރިވުން.
  4. ކެމްޕަހިގައި ހިންގޭ އިމްތިހާނުތަކުގެ އެންމެހާކަންކަން އިންތިޒާމްކޮށް، އިމްތިހާނުތައް ކުރިޔަށް ގެންދިއުން.
  5. ޕާޓް ޓައިމް ލެކްޗަރަރ އިންގެ ރެކޯޑްތައް ބެލެހެއްޓުމާއި އަދި ކިޔަވައިދިނުމާއި ގުޅޭ ކަންކަމުގައި ލެކްޗަރަރ އިންނަށް އެހީތެރިވުން އަދި ޕާޓް ޓައިމް ލެކްޗަރަރއިންގެ ކޮންޓްރެކްޓްތައް ތައްޔާރުކޮށް ބެލެހެއްޓުން.
  6. ފެކަލްޓީތަކަށް ފޮނުވާ ލެކްޗަރަރއިންގެ ޕޭޝީޓާއި އަދި އެހެނިހެން ރިޕޯޓްތައް ބަޖެޓް ސެކްޝަނާއިގުޅިގެން ތައްޔާރުކޮށް ފޮނުވުން.
  7. ދަރިވަރުންގެ އެޓެންޑެންސް ރިޕޯޓް ތައްޔާރުކުރުމާއި އެޓެންޑެންސް ރިކޯޑް ބެލެހެއްޓުން.
  8. ދަރިވަރުންގެ ރެކޯޑްތަކާއި ޓެސްޓުތަކުގެ ނަތީޖާތައް ރައްކާތެރި ގޮތެއްގައި ބެލެހެއްޓުން.
  9. އެކަޑެމިކް ހަރަކާތްތަކަށް ބޭނުންވާ ފޮޓޯކޮޕީ ހެއްދުމާއި ޗާޕްކުރުމުގެ މަސައްކަތް ކުރުން.
  10. ދަރިވަރުން އެކިއެކި ބޭނުންތަކުގައި ހުށައަޅާ ފޯމުތައް ދޫކުރުމާއި، ބަލައިގަތުން. އަދި މިފޯމްތައް ފެކަލްޓީތަކަށް ނުވަތަ ދަރިވަރުންގެ އިދާރީ ޚިދުމަތްތަކާ ބެހޭ ބަޔަށް ފޮނުވުން.
  11. ކުލާސް ރޫމްތަކާއި ލެބްތައް ޗެކްކޮށް، އެތަންތަނަށް ކަޑައެޅިފައިވާ ތަކެތި ހަމަކުރުން.
  12. ޓައިމްޓޭބަލްއާއި އެއްގޮތަށް ކްލާސްރޫމް ހަމަޖެއްސުން.
  13. ދަރިވަރުންގެ އެސައިންމެންޓްތަށް ބަލައިގަނެ ލިސްޓްތައް ތައްޔާރުކޮށް ލެކްޗަރަރ އިންނާ ހަވާލުކުރުމާއި ކިޔަވައިދިނުމާއި ގުޅުންހުރި އެންމެހާ އިދާރީ މަސައްކަތްތައްކުރުން.
  14. އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
  15. އޮފީހުން ހަމަޖައްސާ ގޮތެއްގެ މަތީން އިތުރުގަޑީގެ ޑިއުޓީތަކަށް ނިކުތުމާއި، ޑިއުޓީ ތާވަލުގައިވާ ގޮތުގެ މަތީން އޮފީސް ހުޅުވާ ލެއްޕުން.
  16. ވަޒީފާއާއި ގުޅޭގޮތުން އޮފީހުގެ ވެރިން އަންގަވާ މަސައްކަތް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2025 މޭ 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/mnu-hr-2025-64

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި ޕީ.ޑީ.އެފް" ކޮށްފައެވެ.

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345142 ނަމްބަރު ފޯނަށެވެ.

14 މޭ 2025
ހޯދާ