ދިވެހިރާއްޖެ
ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ސާފުކުރުމުގެ ދުވަހެއް ރާވައި ހިންގައިދޭނެ ފަރާތެއް ހޯދުމަށް
މިނިސްޓްރީ އޮފް ޓޫރިޒަމާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ހިންގާ ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓުގެ ދަށުން ދުނިޔޭގެ ފަތުރުވެރިކަމުގެ މުނާސަބަތާ ދިމާކޮށް 19 ސެޕްޓެންބަރު 2015 ވާ ހޮނިހިރު ދުވަހު ރޭވުމަށް ހަމަޖެހިފައިވާ ސާފުކުރުމުގެ އިވެންޓް ރާވައި ހިންގާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމާބެހޭ ޓާރމްސް އޮފް ރިފަރެންސް ތިރީގައިވާ ވެބް ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
http://tourism.gov.mv/projects/tap-project
މި މަސައްކަތްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 3 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޓަރމްސް އޮފް ރިފަރެންސްގައިވާ ގޮތުގެ މަތިން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
މިނިސްޓްރީ އޮފް ޓޫރިޒަމް
ހ. ވެލާނާގެ ، 5ވަނަފަންގިފިލާ
އަމީރު އަހުމަދުމަގު، މާލެ، ދިވެހިރާއްޖެ
ޓެލެފޯން: 3022273 ،ފެކްސް 2512 332
އީ-މެއިލް:[email protected]
ވެބްސައިޓް:www.tourism.gov.mv