ދިވެހިރާއްޖެ
ނަންބަރ: ASND/GA/IUL/2025/19
މި ކުންފުނީގެ ސަރވަރ އަދި ނެޓްވޯކް އިންފްރާސްޓްރަކްޗަރ އަޕްގްރޭޑްކޮށްދޭނެ ފަރާތެއް ހޯދުމަށް 05 މާރޗް 2025 ގައި ކުރެވުނު އިޢުލާން ނަމްބަރު ASND/GA/IUL/2025/15 އަށް ހުށަހަޅާފައިވާ އަގުތައް އެކަށީގެންވާވަރަށް ވުރެ ބޮޑު ކަމަށް ފެންނާތީވެ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
މި މަސައްކަތަށް ރެޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 14 މޭ 2025 އިން 19 މޭ 2025 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 15:00 އަށް އާސަންދަ ކުންފުނީގެ މައި އޮފީހުގައެވެ. ބިޑް ޑޮކިއުމެންޓުގެ އަގަކީ 500ރ، (ފައްސަތޭކަ ރުފިޔާ) އެވެ. ރެޖިސްޓްރީ ކުރާ ފަރާތްތަކަށް މިމަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް އީމެއިލް މެދުވިރިކޮށް ފޮނުވޭނެއެވެ. (އިޢްލާން ނަންބަރު ASND/GA/IUL/2025/15 އާ ގުޅިގެން ބިޑް ގަނެފައިވާ ފަރާތްތަކުން އަލުން ބިޑް ގަންނާކަށް ނުޖެހޭނެއެވެ. ނަމަވެސް އެފަރާތްތަކުން މިބީލަމަށް ކުރިމަތިލާނަމަ 19 މެ 2025 ގެ 15:00 ގެ ކުރިން [email protected] އަށް އީމެއިލްމެދުވެރިކޮށް ހުށަހަޅައި ރެޖިސްޓަރ ކުރަންވާނެއެވެ.)
ބިޑު ހުށަހަޅާ ފަރާތްތަކުން މި މަސައްކަތުގެ ބިޑް ސެކިއުރިޓީ ގޮތުގައި 82,461.80ރ، (އަށްޑިހަ ދެހާސް ހަތަރު ސަތޭކަ ފަސްދޮޅަސް އެއްރުފިޔާ އަށްޑިހަ ލާރި) ބިޑާއެކު ހުށަހަޅަންވާނެއެވެ. އަދި ބިޑް ކާމިޔާބު ކުރާ ފަރާތުން ޕާފޯމެންސް ގެރެންޓީއެއްގެ ގޮތުގައި މަސައްކަތުގެ ޖުމްލަ އަގުގެ %2 އަށްވާ އަދަދު މި ކުންފުންޏަށް ހުށަހަޅަންވާނެއެވެ.
މި މަސައްކަތަށް ރެޖިސްޓްރީ ވެލައްވާ ފަރާތްތަކަށް ބާއްވާ ޕްރީ ބިޑް މީޓިންގއެއް 21 މޭ 2025 ވާ ބުދަ ދުވަހުގެ 11:00 ގައި މި ކުންފުނީގެ މައި އޮފީސް (ފެން ބިލްޑިންގ 3 ވަނަ ފަންގިފިލާ( ގައި އޮންނާނެއެވެ.
26 މޭ 2025 ވާ ހޯމަދުވަހުގެ 14:00 ގައި އަންދާޒީ ހިސާބު ހުށަހެޅުއްވުން މި ކުންފުނީގެ މައި އޮފީސް (ފެން ބިލްޑިންގ، 3 ވަނަ ފަންގިފިލާ) ގައި އޮންނާނެއެވެ.
ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުގެ ފަހުން ގެންނަ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ
ޕްރޮކިޔުމެންޓް ސެކްޝަން
ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ
އަމީނީ މަގު، މައްޗަންގޯޅި، 20375
މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected] ވެބްސައިޓް: www.aasandha.mv ފޯން: 3011483