ދިވެހިރާއްޖެ
ތިމާވެށްޓަށް ކުރާ އަސަރުތަކާ ގުޅޭގޮތުން ލުއިފޮތްތަކެއް ތައްޔާރުކުރުމަށް މަޢުލޫމާތު ދިރާސާކޮށް އެއްކުރާނެ ފަރާތެއް ހޯދުމަށް
މިނިސްޓްރީ އޮފް ޓޫރިޒަމާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ހިންގާ ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓުގެ ދަށުން ތައްޔާރުކުރެވިފައިވާ ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް ލުއިފޮތްތަކެއް ތައްޔާރުކުރުކޮށްދޭނެ ފަރާތެއް ހޯދުމަށް މި މިނިސްޓްރީ ބޭނުންވެއެވެ. މި ރިޕޯޓުތަކާއި އަދި މި މަސައްކަތާ ގުޅޭ ޓާރމްސް އޮފް ރިފަރެންސް ތިރީގައިވާ ވެބްލިންކުން ބައްލަވައިލެވޭނެއެވެ.
http://tourism.gov.mv/projects/tap-project
މި މަސައްކަތްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކައް 3 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްގައި ބާއްވާ ރޭވިފައިވާ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ. މި ސެޝަނަށް ވަޑައިގެން ކުރިން މި ޕްރޮޖެކްޓްގެ ދަށުން ހެދިފައިވާ ރިޕޯޓްތައްވެސް ބައްލަވައިލެވޭނެއެވެ.
މިސައްކަތާ ގުޅޭ ޕްރޮޕޯޒަލް 6 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ޓަރމްސް އޮފް ރިފަރެންސްގައިވާ ގޮތުގެ މަތިން ހުށަހެޅުއްވުން އެދެމެވެ.
ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
މިނިސްޓްރީ އޮފް ޓޫރިޒަމް
ހ. ވެލާނާގެ ، 5ވަނަފަންގިފިލާ
އަމީރު އަހުމަދުމަގު، މާލެ، ދިވެހިރާއްޖެ
ޓެލެފޯން: 3022273 ،ފެކްސް 2512 332
އީ-މެއިލް:[email protected]
ވެބްސައިޓް:www.tourism.gov.mv