ދިވެހިރާއްޖެ
2025ވަނަ އަހަރު މި އެކެޑަމީން ބާއްވާ އަދަބީ ބައެއް މުބާރާތްތައް ކަމުގައިވާ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 40ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 37ވަނަ ޤައުމީ މުބާރާތާއި ހުތްޢަލިދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 28ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފައެވެ.
މި މުބާރާތްތައް ބެހިފައި ވަނީ ތިރީގައި މި ވާ 2 ބަޔަށެވެ.
- އިސްކޫލުތަކުގެ ބައި
- ދަށު ސާނަވީ ގިންތި (ކީ ސްޓޭޖް 3 – ގުރޭޑު 7، 8)
- ސާނަވީ ގިންތި (ކީ ސްޓޭޖް 4 – ގުރޭޑު 9، 10)
- މަތީ ސާނަވީ ގިންތި (ކީ ސްޓޭޖް 5 – ގުރޭޑު 11، 12)
2. އަމިއްލަ ފަރާތްތަކުގެ ބައި (18 އަހަރުން ދަށުގެ އުމުރުފުރާ/18 އަހަރުން މަތީގެ އުމުރުފުރާ)
މި މުބާރާތުގައި ބައިވެރިވާން ހުށައަޅާނީ ގޫގުލް ފޯމު މެދުވެރިކޮށެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 2025 މޭ 29 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިއެވެ. ފޯމު ފުރިހަމަނުވާ ނަމަ އަދި ފޯމާ އެކު ހުށަހަޅަންޖެހޭ ތަކެތި ފުރިހަމަ ނުކޮށް ހުށަހަޅައިފައިވާ ފޯމުތައް ބަލައެއްނުގަނެވޭނެއެވެ.
މި މުބާރާތްތައް އޮންނާނީ 2025 ޖޫން މަހުގެ 21 ވާ ހޮނިހިރު ދުވަހުގައެވެ. މުބާރާތްތައް އޮންނާނެ ތަނާއި ވަގުތެއް މުބާރާތުގައި ބައިވެރިވާ އިސްކޫލުތަކަށާއި އަމިއްލަ ފަރާތްތަކަށް، މުބާރާތް ބޭއްވުމުގެ 5 ދުވަސް ކުރިން އަންގާނެއެވެ.
މި މުބާރާތްތަކުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީންނާއި މި އެކެޑަމީގެ ވެބްސައިޓުގެ ތިރީގައި މި ވާ ލިންކުތަކުން ލިބެން ހުންނާނެއެވެ.
މަޒުމޫނު ލިޔުމުގެ 40ވަނަ ޤައުމީ މުބާރާތް
މަޒުމޫނު ލިޔުމުގެ 40ވަނަ ޤައުމީ މުބާރާތް - 2025/ އިސްކޫލުތަކުގެ ބައި (ދަށު ސާނަވީ)
https://forms.gle/T6mQy9VoCarQ4Awx9
(ސާނަވީ)- މަޒުމޫނު ލިޔުމުގެ 40ވަނަ ޤައުމީ މުބާރާތް - 2025/ އިސްކޫލުތަކުގެ ބައި
https://forms.gle/4hnkQt7LnJh3UY3q8
މަޒުމޫނު ލިޔުމުގެ 40ވަނަ ޤައުމީ މުބާރާތް - 2025/ އިސްކޫލުތަކުގެ ބައި (މަތީ ސާނަވީ)
https://forms.gle/HtE9t5u7HKqK74XHA
މަޒުމޫނު ލިޔުމުގެ 40ވަނަ ޤައުމީ މުބާރާތް - 2025 އަމިއްލަ ފަރާތްތައް
https://forms.gle/uUBByhZWSrVqbEaT7
ކުރުވާހަކަ ލިޔުމުގެ 37ވަނަ ޤައުމީ މުބާރާތް
ކުރުވާހަކަ ލިޔުމުގެ 37ވަނަ ޤައުމީ މުބާރާތް - 2025/ އިސްކޫލުތަކުގެ ބައި (ދަށު ސާނަވީ)
https://forms.gle/WpmCwtuK8vn4vS1m6
ކުރުވާހަކަ ލިޔުމުގެ 37ވަނަ ޤައުމީ މުބާރާތް - 2025/ އިސްކޫލުތަކުގެ ބައި (ސާނަވީ)
https://forms.gle/X4UFRyXMij3tbmoq5
ކުރުވާހަކަ ލިޔުމުގެ 37ވަނަ ޤައުމީ މުބާރާތް - 2025/ އިސްކޫލުތަކުގެ ބައި (މަތީ ސާނަވީ)
https://forms.gle/b6RSdhkoKmQg4u4y7
ކުރުވާހަކަ ލިޔުމުގެ 37ވަނަ ޤައުމީ މުބާރާތް - 2025 (އަމިއްލަ ފަރާތްތައް)
https://forms.gle/2jtSbsBDZknoqaGWA
ޅެންހެދުމުގެ 28ވަނަ ޤައުމީ މުބާރާތް
(ދަށު ސާނަވީ)-ޅެންހެދުމުގެ 28ވަނަ ޤައުމީ މުބާރާތް - 2025/ އިސްކޫލުތަކުގެ ބައި
https://forms.gle/RBsTZUCHg5zfDJmC7
ޅެންހެދުމުގެ 28ވަނަ ޤައުމީ މުބާރާތް - 2025/ އިސްކޫލުތަކުގެ ބައި (ސާނަވީ)
https://forms.gle/s5nsnQYo7bpbMcp78
ޅެންހެދުމުގެ 28ވަނަ ޤައުމީ މުބާރާތް - 2025/ އިސްކޫލުތަކުގެ ބައި (މަތީ ސާނަވީ)
https://forms.gle/6AGmrU5TGLbjfrW96
ޅެންހެދުމުގެ 28ވަނަ ޤައުމީ މުބާރާތް – 2025 (އަމިއްލަ ފަރާތްތައް)
https://forms.gle/Zsc3sJCRv9Lkjztb7
އަދި އިތުރު މަޢުލޫމާތު މި އެކެޑަމީގެ ނަންބަރު 7772816އަށް ގުޅުމުން ލިބޭނެއެވެ.