ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު
އަތޮޅު ކައުންސިލް އިދާރާގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުމާބެހޭ
މިއިދާރާގެ ނަންބަރު:(IUL)230-AHI/230/2025/30 (04 މެއި 2025)ގައި ބ. އަތޮޅު ކައުންސިލް އިދާރާ ހިނގަމުންދާ ޢިމާރާތުގެ 02 ފުރާޅުގައި "00.'8 x "00.'4 ގެ 47 ސޯލާ ފިލާ ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅުއްވާފައިނުވާތީ މިމަސައްކަތް ކޮށްދިނުމަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިއިދާރާގެ ފަރާތުން ސޯލާ ޕެނަލްއާއި ޕެނަލްތައް ހަރުކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށް ދިނުމުން، ފުރާޅުގައި ފަތިއަޅާ ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 މެއި 2025 ވާ އާދީއްތަ ދުވަހުގެ 13.00 ގައި މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވައި ދެއްވުމަށް ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.
15 ޛުލްޤައިދާ 1446