ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
އަތޮޅު ކައުންސިލް އިދާރާ ގޯތީގެ ވަށާފާރުން ބައެއް ތަޅާލާ އަލުން މަރާމާތު ކުރުމާބެހޭ
މިއިދާރާގެ ނަންބަރު: (IUL)230-AHI/230/2025/29 އިޢްލާނާއި ގުޅިގެން، މިއިދާރާގެ ގޯތީގެ ވަށާފާރުން ބައެއް ތަޅާލާ، އަލުން މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް ހުށަހަޅާފައިވާ ކޯޓޭޝަންގެ އަގު ބޮށުކަމަށް ފެންނާތީ އެއިއުލާން ބާޠިލުކޮށް، އެކަމަށްއެދި އަލުން ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފީމެވެ.
ވީމާ، މިއިދާރާގެ ފަރާތުން ފޯރުކޮށްދޭ މައުލޫމާތުތަކާއި އެއްގޮތަށް، މިމަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 މެއި 2025 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް އީމެއިލް ކުރައްވައިގެން ނުވަތަ މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 21 މެއި 2025 ވާ ބުދަ ދުވަހުގެ 10.30 ގައި މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވައި ދެއްވުމަށް ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.
15 ޛުލްޤައިދާ 1446