މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ އަޟްޙާ އީދު ކައުންސިލާއި އ.ތ.މ ކޮމިޓީއާއި ގުޅިގެން ފާހަގަކޮށްދޭނެ ފަރާތެއް ހޯދުން!

1446 ވަނަ އަހަރުގެ އަޟްޙާ އީދު ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް ކައުންސިލާއި އ.ތ.މ ކޮމިޓީއާއި ގުޅިގެން ޚަރަކާތްތެރިވާނެ ކުލަބް / ޖަމްޢިއްޔާއެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅޭނީ މިރަށުގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ކުލަބް ޖަމްޢިއްޔާތަކަށެވެ.  އަދި މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުން އޮންނާނީ 2025 މެއި 22 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި މިކައުންސިލްގެ މީޓިން ރޫމްގައެވެ. ޕްރޮޕޯސަލް ހުށައަޅާއިރު ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ޕްރޮޕޯސަލްގައި ހިމަނަންވާނެއެވެ. އަދި މީގައި ނުހިމެނޭ ސަގާފީ ގިނަ ޚަރަކާތްތަކެއް ނުވަތަ އަމިއްލަ އުފެއްދުންތައްވެސް ހިމެނިދާނެއެވެ.  ޕްރޮޕޯސަލް ހުށައަޅައިގެން ކާމިޔާބު ކުރާ ފަރާތާއި ކައުންސިލާއި އަދި އ.ތ.މ ކޮމިޓީ އާއެކު މަޝްވަރާކުރެވި ޕްރޮޕޯސަލްގައި ހުރި ކުޅިވަރުތަކަށް އުނިއިތުރު ގެނެވޭނެއެވެ.

ޕްރޮޕޯސަލް ގައި ހިމަނަންޖެހޭނެ ބައިތައް:

  1. ޢީދު 05 ދުވަހު ގެންދެވޭނެ ޚަރަކާތްތައް ވަކިވަކިން ތާރީޚާއި ގަޑި އަދި ކޮންމެ ކުޅިވަރަކަށް ޚަރަދުވާނެ އަދަދު ރުފިޔާއިން ހިމަނަންވާނެއެވެ.
  2. ކޮންމެހެން ހިމަނަންޖެހޭނެ ކުޅިވަރުތައް:

-          ޢީދު އަލިފާންގަނޑު (ވެދުމާއި ދިއުމާއި އެއްކޮން)

-          ޢީދު ނަމާދަށް ރެޑީކުރުން

-          ޢީދު ސައި

-          މާލި ޕެރޭޑް

-          ކޯޑި (ކޯޑި ބިލަތްއެޅުން، ކޯޑި ހެދުން، ކޯޑި ނެރުން، ދަފިނެގުން، ފަންގަނޑު ނީލަން ކިޔަން)

-          ސްޓޭޖް ސޯ

-          ވާދެމުމުގެ މުބާރާތެއް

(އަމިއްލަ ކުޅިވަރުތައް ހިމަނާއިރު ކޮންމެސް ވަރަކަށް ކުޅިވަރުތައް ގެންދާނެ ގޮތުގެ ތަފްޞީލު ހުށައަޅަން ވާނެއެވެ.)

  1. ހުށައަޅާ ކުލަބް ޖަމްޢިއްޔާގެ ފަރާތުން މި ޢީދު ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދަން ކުލަބް ނުވަތަ ޖަމްއިއްޔާގެ ފަރާތުން ހަރަކާތްތެރިވާނެ މީހުންގެ އަދަދު (އަންހެން / ފިރިހެން ވަކިން) ހުށައަޅަން ވާނެއެވެ.

(ނޯޓް: މި ޕްރޮޕޯސަލް އިވަލުއޭޓްކުރާއިރު އެންމެ ގިނަ ސަގާފީ ކުޅިވަރުތައް ކުޑައަގެއްގައި ހުށައަޅާފަރާތަކަށް އިސްކަންދެވޭނެވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ ކައުންސިލްގެ ރައީސް ފައިޞަލް ނަސީމް (ފޯން  9108888 ) އަށް ގުޅުއްވައިގެން ނުވަތަ ރަސްމީގަޑީގައި ކައުންސިލަށް ދުރުވެގެންވެސް މަޢުލޫމާތު ސާފްކުރެވޭނެއެވެ.)

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 މޭ 2025
ހޯދާ