ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ސިޓީ ކައުންސިލަށް ބޭނުންވާ ސްޕީޑް ލާންޗް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
ތިނަދޫ ސިޓީ ކައުންސިލަށް ބޭނުންވާ ސްޕީޑް ލާންޗެއް ސަޕްލައިކޮށް ފޮރުކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 22 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ރަޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރުމަށްފަހު ކުންފުނީގެ ރަޖިސްޓްރީ ކޮޕީއާއެކު މެއިލް ކޮށްދެއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 02 ޖޫން 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
| 
 | ތާރީޚް | ގަޑި | ތަން | 
| ބީލަމަށް ރަޖިސްޓްރީކުރެއްވުން | 13 މެއި 2025 އިން 22 މެއި 2025އަށް | 22 މެއި 2025ގެ 14:00ގެ ކުރިން | އީމެއިލް މެދުވެރިކޮށް | 
| ބީލަން ހުށަހެޅުން | 02 ޖޫން 2025 | 11:00 | ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް | 
 
                    