ދިވެހިރާއްޖެ
ހދ.ވައިކަރަދޫ ކައުންސިލްގެ އިދާރާގައި ސޯލާރ ޕެނަލް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތައް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މައުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ވީމާ، މި ބީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 25 މެއި 2025 ގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީ ކުރައްވާފައިވާ، މި ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
މި ބީލަމާ ގުޅިގެން ބޭއްވޭ މަޢުލޫމާތު ބައްދަލުވުން، 27 މެއި 2025 ވާ އަންގާރަ ދުވަހުގެ 10:45 ގައި ވައިކަރަދޫ ކައުންސިލް އިދާރާގައި ކުރިއަށް ދާނެއެވެ. އަދި ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 03 ޖޫން 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި ވައިކަރަދޫ ކައުންސިލް އިދާރާގައެވެ.
މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.office.com/r/fPVd837Zeh
|
ފޯން: 6520046 |
އީމެއިލް: [email protected] |