މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މިރަށު ފުޓްބޯޅަ ދަނޑު ވަށާފާރު އަދި ފެންސް އެތެރެ، ނޯޅާ ސާފުކޮށް ކުނިތައް އުކާލަދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/19 )ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މި މަސައްކަތާއި ގުޅިގެން މަޢުލޫމާތު ދިނުން އޮންނާނީ 14 މެއި 2025 ވާ ބުދަ ދުވަހުގެ 11:00 ގައި މާލެއަތޮޅު ކާށިދޫ ކައުންސިލް އިދާރާގެ މީޓީން ރޫމްގައެވެ.
- ކޯޓޭޝަން ހުށަހެޅުން އޮންނާނީ 18 މެއި 2025 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މާލެއަތޮޅު ކާށިދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
- ކޯޓޭޝަންގައި މަސައްކަތްކޮށްދޭނެ އަގާއި މުއްދަތު ސާފުވާނެހެން ހިމަނަންވާނެއެވެ.
- މަޢުލޫމާތު ސެޝަންގައި ބައިވެރިނުވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ކޯޓޭޝަންތަކާއި މައުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
-
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް:
- އަގަށް: 70 ޕޮއިންޓް
- މުއްދަތަށް: 30 ޕޮއިންޓް
-
ހުށަހަޅަންޖެހޭ ލިޔުންތައް:
- އަންދާސީ ހިސާބުފޯމު
- ވިޔަފާރި ރެޖިސްޓްރީގެ ކޮޕީ
- އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ 6640496 / 7877133 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
13 މޭ 2025
ހޯދާ