މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1446 ވަނަ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ބާއްވާ ހަރަކާތްތަކަށް ސްޓޭޖް، ލައިޓިން އަދި ސައުންޑްގެ ސެޓްއަޕް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން!
- ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް 1446 ވަނަ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ބާއްވާ ހަރަކާތްތަކަށް ސްޓޭޖް، ލައިޓިން އަދި ސައުންޑްގެ ސެޓްއަޕް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 14 މެއި 2025 ން 21 މެއި 2025 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 9:30 ން 13:00 އާއި ދެމެދު ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމުންނެވެ.
- މިމަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިއުންތައް 14 މެއި 2025 އިންފެށިގެން ސޮފްޓް ކޮޕީ ފޯމެޓްގައި މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 21 މެއި 2025 ވަނަދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
- ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 22 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 12:45 ގައި މި އިދާރާގެ މީޓިންގ ހޯލްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ
ސަލީމީހިގުން، ކ.ދިއްފުށި
ފޯން: 6640071
އީމެއިލް: [email protected]
13 މޭ 2025
ހޯދާ