މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭދަފުށި ކައުންސިލާއި އޭދަފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި ގުޅިގެން އަންނަ އަޞްޙާޢީދުގެ މުނާސަބަތުގައި 40 އަހަރުން މަތީގެ ފިރިހެން ބޭފުޅުންނަށް އަމާޒުކޮށްގެން ފުޓްސަލް މުބާރާތް

އޭދަފުށި ކައުންސިލާއި އޭދަފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި ގުޅިގެން އަންނަ އަޞްޙާޢީދުގެ މުނާސަބަތުގައި 40 އަހަރުން މަތީގެ ފިރިހެން ބޭފުޅުންނަށް އަމާޒުކޮށްގެން ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 5 ޖޫން 2025 ވަނަ ދުވަހުއެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ކްލަބް ޖަމްއިއްޔާތަކުން މިހިނގާ މެއިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ޓީމް ލިސްޓްތައް މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7598271/7992334 އަށް ގުޅުއްވުން އެދެމެވެ.

12 މޭ 2025
ހޯދާ