ދިވެހިރާއްޖެ
އިޢުލާން
ހއ.ކެލާ ހިނަވާގޭ ކުރިމަތީގައި ކޮންކްރީޓް ތަޅުމާއި ހިނަވާގޭގެ ބައެތް މަރާމަތު ކޮށްދޭނެ ފަރާތެއް ހޯދުން.
ހއ.ކެލާ ހިނަވާގޭ ކުރިމަތީގައި ކައުންސިލުންދޭ ކުރެހުމާއި އެއްގޮތަށް ކޮންކްރީޓް ތަޅުމެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: (IUL)249-M/249/2025/35 އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ އަގުތައް ބަޖެޓައްވުރެ ބޮޑުވުމުން އެ އިޢުލާން ބާތިލްކޮށް އަލުން އިއުލާންކުރަމެވެ.
ކެލާ ހިނަވާގޭ ކުރިމަތީގައި ކައުންސިލުންދޭ ކުރެހުމާއި އެއްގޮތަށް ކޮންކްރީޓް ތަޅުމާއި ހިނަވާގޭ ގެ ބައެތް މަރާމާތު ކޮދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ކެލާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ރަޖިސްޓްރީ ކުރުން |
12 މެއި 2025 އިން 18 މެއި 2025 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:000 އިން މެންދުރުފަހު 13:00 އަށް ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ info@kelaa.gov.mv އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ. |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
19 މެއި 2025 ވާ ހޯމަ ދުވަހުގެ 13:30 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. ބިޑް ހުށަހެޅުމުގައި ބައިވެރިވެވޭނީ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެލައްވާ ފަރާތްތަކަށް އެކަންޏެވެ. |
އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން |
29 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
1- މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
2- އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
3- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ / މިސްކިތް މަގު، ހއ.ކެލާ ، ދިވެހިރާއްޖެ އީމެއިލް: [email protected]
12 މެއި 20250202