ދިވެހިރާއްޖެ
މި އިޢުލާންވަނީ 13 މޭ 2025 11:34 ގައި ބާތިލް ކުރެވިފައެވެ.
އެސްޓީއޯގެ ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުން
އެސްޓީއޯގައި ބޭނުންކޮށްފައިވާ މާކިއުރީ (ސީޕްރޯ 300) ހޯސްޕަވަރގެ އައުޓްބޯޑް 2 އިންޖީން ނީލަމުގައި ވިއްކާލުމަށް ކުރެވުނު ދެ އިޢުލާން ނަމްބަރ: (ADM/CP/2025/169 އަދި ADM/CP/2025/178) އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އަލުން ނީލަމުގައި މިއިންޖީންތައް ވިއްކާލުމަށް އިއުލާން ކުރަމެވެ.
ވީމާ އިންޖީނުތައް ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީހުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވެ ނަން ނޯޓްކުރައްވާފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސެޝަނުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 18 މެއި 2025 ވަނަ ދުވަހުގެ 10:00 ގެ ކުރިން މާލެ 1 ނަންބަރު ޖެޓީއަށް ވަޑައިގެން ދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
ކ. ފުނަދޫ |
18 މެއި 2025/ގަޑި،10:00 |
އަގުހުށަހެޅުން |
އެސްޓީއޯ ޓުރޭޑްސެންޓަރ، ފަންގިފިލާ 3 |
19 މެއި 2025/ގަޑި،10:00 |
ނީލަން ފެށޭ އަގު |
250,000.00ރ (ދެލައްކަ ފަންސާސް ހާސް ރުފިޔާ) |
ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން ބިލް ހަވާލުކުރާތާ ރަސްމީބަންދު ނޫން 3 ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު ފައިސާ ދައްކަވާފައިވާ ތަކެތި 3 ދުވަހުގެ ތެރޭގައި ގެންދަވަންވާނެއެވެ. މިގޮތުން ތަކެތި ގެންދެވުމަށް ދެވޭ މުއްދަތު ހަމަވުމަށްފަހު ނުގެންގޮސް ހުންނަ ތަކެތި ނައްތާލުމުގެ އިޚްތިޔާރު އެސްޓީއޯ އަށް ލިބިގެންވެއެވެ. އަދި މިގޮތަށް މުދާ ނުގެންގޮސް ހުންނަ ފަރާތްތަކުން އެސްޓީއޯ އިން ބާއްވާ ނީލަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.
ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނެ ނަންބަރު:9782171