ދިވެހިރާއްޖެ
މިރަށު އިރުދޭމާ ހިނގުމުގައި (މަހުމާގެ ހުޅަނގުމަގު) ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި ރުއްގުޅިތައް ހުރުމުގެ ސަބަބުން ހިނގާ ބިނގާވާ ފަރާތްތަކަށާއި ދުއްވާ އެއްޗެއްސަށް އެ މަގު ބޭނުންކުރުމަށް އުނދަގޫ ވާކަމުގެ ޝަކުވާ މި ކައުންސިލަށް ވަނީ ހުށައަޅާފައެވެ.
އެހެންކަމުން، އެތަކެތީގެ ވެރިން މިއަދުން ފެށިގެން 20 މޭ 2025 ވަނަ ދުވަހުގެ 18:00 ގެ ކުރިން ނެގުމަށް ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ނުނަގައި ހުންނަ ތަކެތި ނަގައި ނައްތާލެވޭނެއެވެ. އަދި ހަމައެހެންމެ އޭގެ ސަބަބުން އެތަކެތީގެ ވެރިންނަށް ލިބޭ ގެއްލުމުގެ ޒިންމާ މިކައުންސިލުން ނުނަގާނެކަމުގައި ދަންނަވަމެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުން ފާހަގަ ކޮށް ޝުކުރު ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކަން އެންގުށްޓަކައި އިއުލާން ކުރީމެވެ.
15 ޛުލްޤައިދާ 1446