ދިވެހިރާއްޖެ
މި އިދާރާއިން ކުރެވުނު ނަންބަރު: (IUL)318-HR/318/2025/41 (23 އޭޕްރީލް 2025) އިޢުލާނުގައިވާ މަސައްކަތު ތަފްޞީލަށް ބަދަލު އައިސްފައިވާތީ އެ އިޢުލާނު ބާތިލްކޮށް ބ. ދަރަވަންދޫ ހުކުރު މިސްކިތުގައި ހަރުކޮށްފައި ހުރި އޭސީތައް ސާރވިސްކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި އަލުން އިޢުލާނުކުރަމެވެ.
ކުރަން ޖެހޭ މަސައްކަތް:
- ބ. ދަރަވަންދޫ ހުކުރު މިސްކިތުގައި ހަރުކޮށްފައި ހުރި 10 އޭސީ ސާރވިސްކޮށްދިނުން (އޭސީތައް ސާވިސް ކުރަންވާނީ އޭސީގެ އިންޑޯ އަދި އައުޓްޑޯ ޔުނިޓްތައް ނެއްޓުމަށްފަހު ރަނގަޅަށް ސާފުކޮށްގެންނެވެ.)
- އޭސީ ތަކުގައި ގޭސް މަދުވެފައިވާނަމަ ގޭސް އަޅާ ދިނުން
- އޭސީތަކުގެ ސްޕެއަރ ޕާރޓްއަކަށް މައްސަލައެއް ދިމާވެފައިވާނަމަ ސްޕެއަރ ޕާރޓް ފޯރުކޮށްދިނުމުން ރަނގަޅުކޮށްދިނުން
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކޮށްދެއްވާނެ އަގު އަދި މުއްދަތު ބަޔާންކޮށް 2025 މެއި 21 ވަނަ ދުވަހުގެ 13:00 އަށް ކޯޓޭޝަން ހިއްޕަވައިގެން މި އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.
ކޯޓޭޝަން އާއި އެކު ތިރީގައިވާ ލިޔެކިޔުންތައް ހުށައަޅަންވާނެއެވެ.
- ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ނުވަތަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ
- އަމިއްލަ ފަރުދެއްނަމަ، ވިޔަފާރި ރަޖިސްޓްރީގެ އިތުރުން އައިޑީކާޑުގެ ސާފު ކޮޕީއެއް.
ކޯޓޭޝަން ހުށައެޅުއްވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6602514 ފޯނާއި ގުޅުއްވުން އެދެމެވެ.