މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Yunnan University Scholarship 2025

Yunnan University Scholarship 2025

 

2026/2025 ވަނަ އަހަރަށް ޗައިނާގެ ޔުނާން ޔުނިވަރސިޓީ އިން ދިވެހިރާއްޖެއަށް ތިރީގައިވާ އަންޑަރގްރެޖުއޭޓް ޕްރޮގްރާމް އަށް އެޕްލައިކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

 

-          ޕްރޮގްރާމްގެ ނަން: ސޮފްޓްވެއަރ އިންޖިނިއަރިންގ

-          ސްކޮލަރޝިޕްގެ ނަން: ޔުނާން ޔުނިވަރސިޓީ ސްކޮލަރޝިޕް

-          މުއްދަތު: 4 އަހަރު

-          ސްކޮލަރޝިޕްގައި ހިމެނޭ ކަންތައްތައް: ފުލް ޓިއުޝަން ފީ އަދި ހިލޭ އެކޮމޮޑޭޝަން

 

މިސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. މި ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު މިއިޢުލާނާއިއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިން ލިބެން ހުންނާނެއެވެ.

 

މި ސްކޮލަރޝިޕަށް ޝަޢުޤުވެރިވާ ފަރާތްތަކުން 15 މެއި2025  ވާ ބުރާސްފަތި ދުވަހުގެ ޗައިނާގެ ގަޑިން 23:59 ގެ ކުރިން   https://ynu.at0086.cn/StuApplication/Login.aspx    ލިންކް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައިވާ ވެބްސައިޓް، އީމެއިލް އެޑްރެސް އަދި ފޯނު ނަމްބަރުތަކުން ލިބޭނެއެވެ.

ވެބްސައިޓް: http://english.ynu.edu.cn 

އީމެއިލް:   [email protected]

ފޯންނަންބަރ: +86-871-65183424 ، +86-871-65032910

..........................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރަންވާނެއެވެ.

   

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރަންވާނެއެވެ.

12 މޭ 2025
ހޯދާ