މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލެ ސަރަހައްދުން މިކުންފުނީގެ ބޭނުމަށް، އޮފީހެއް ހިންގުމަށް ބޭނުންކުރެވޭނެ އިމާރާތެއް ކުއްޔަށްހިފުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. ބީލަމާއި ބެހޭ މަޢުލޫމާތު:
މި ކުންފުނީގެ މެއިލްއޮޕަރޭޝަން ޑިޕާރޓްމަންޓްގެ މަސައްކަތްތައް ކުރުމަށް މާލެއިން އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ޝީޓަށް ބިނާކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑް ޕްރޮޕޯރސަލް ހުށަހެޅުން: |
|
ތާރީޚް: |
20 މެއި 2025 |
އެޑްރެސް/ތަން: |
ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ |
ގަޑި |
14:00 |
2- ޕްރޮޖެކްޓާއި ގުޅުންހުރި މުހިންމު މަޢުލޫމާތު:
- ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 19 މެއި 2025 ވާ ހޯމަ ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
- 3009292 – ޕްރޮކިއުމަންޓް ޔުނިޓް
- [email protected]
12 މޭ 2025
ހޯދާ